ވަގަށް ނަގާފައިވާ ގިނަ ސާމާނު ތަކަކާއެކު ހުޅުމާލެއިން މީހަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުން މިއަދު ހުޅުމާލެ ޕެޓްރޯލް ކުރަން އުޅުމުގެ ތެރޭގައި މީހެއްގެ ޢަމަލުތައް ހުރި ގޮތުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ ސާމާ އޭނާގެ އަތުން ފެނިފައިވާކަމަށެވެ.
އިތުރަށް ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ފޯނާއި، އަތުކުރީ ގަޑީގެ އިތުރުން އެހެނިހެން ތަކެތިވެސް ހިމެނޭކަމަށެވެ.
މިމައްސަލަގައި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރެވިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
#HulhumalePolice miadhu patrol kuramun dhiyairu, 38 aharuge Dhivehi firihenegge amaluthah huri gothun huttuvai balaifaaskuri iru, vagah nagaafaivaa kamah belevey phone thakakaai athukuri gadi thakakaai adhi ehenihen thakethi fenifaivey. Eynaa mihaaru vany hayyarukoffai. pic.twitter.com/bbAU0lVX1l
— Maldives Police (@PoliceMv) January 30, 2020
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




