މާލޭގެ ދެ މަގެއް ފިޔަވާ ހުރިހާ މަގެއްގައި ތާރުއަޅަން ނިންމާފައިވާ ނުވާކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލޭގެ ދެ މަގެއް ފިޔަވާ ހުރިހާ މަގެއްގައި ތާރު އަޅަން ނިންމާފައިވާކަމަށް ސަމާއުއާ ހަވާލާދީ މިހާރުގައި ލިޔެފައިވާ ޚަބަރު ހިއްސާކުރައްވައި، ސަމާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ އޮޅުވާލުމެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. އަޅުގަނޑު ބުނީ މާލޭގެ ދެ މަގެއް ފިޔަވާ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ކޮންނަން ނުޖެހޭގޮތަށް ތަރައްޤީކުރަން ޖެހޭކަމަށް." ސަމާއުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިތުރަށް ސަމާއު ވިދާޅުވީ، ރާއްޖެ މިއަދުގައި ވިދާޅުވީ އެގޮތަށް މަގުތައް ތަރައްޤީ ކުރުމަށް ފަންނީ ބޭފުޅުންގެ ލަފާ ހޯދާނެކަމަށް ކަމަށާއި، މަގުތައް ތަރައްޤީ ކުރާނީ ގަލުންތޯ ނުވަތަ އަޅާނީ ތާރު ކަމެއް ކަނޑަނާޅުއްވާ ކަމަށެވެ.
"ހަދާނީ ގަލުންތޯ، އަޅާނީ ތާރުތޯއެއް ކަނޑައެއް ނާޅަން." ސަމާއުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Mee varah bodu olhumeh. Alhugandu bunee Male’ ge 2 mageh fiyavaa hurihaa mageh zamaany fenvarah konnan nujehey gothah tharahgee kuran jehey kamah. Ekamah fanny beyfulhunge lafaa hoadhaane kamah. Hadhaany Galunthoa, Alhaany Thaaruthoa eh kandaeh naalhan. https://t.co/zfchCNbVmu
— Shamau Shareef (@schamau) March 18, 2019
މާލޭގެ މަގުތައް ތަރައްޤީ ކުރުމަށް ނިންމިއިރު، ރާއްޖެ މިއަދުގައި ސަމާއު ވިދާޅުވެފައިވަމީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި މަގުތަކުގައި ހުރި އެހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ.
މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން މިހާރު ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގައި، ކޮންމެ ދުވާރެއް ކައިރީގައި ރޭމްޕް ހެދުމުގެ މަސައްކަތް އެތަނުން އަންނަނީ ކުރަމުންނެވެ.