ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އަމިއްލަ ކުލިނިކުތަކުންވެސް އާސަންދަ ދެނީ

ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އަމިއްލަ ކުލިނިކުތަކުންވެސް އާސަންދަ ހިދުމަތްދޭން ނިންމައިފިއެވެ.

އާސަންދައިން ވިދާޅުވީ، މިފެށޭ ފެބްރުއަރީ މަހުންފެށިގެން، އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓާތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް، އާސަންދަ ސްކީމްގެ ތެރެއިން ލިބިދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިކަމަށެވެ.

އެގޮތުން ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ
އާސަންދަ ސްކީމުން ކަވަރުކުރާނެކަމުގައެވެ. އަދި ސްކީމްގެ ދަށުން ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ހޯއްދަވާ މިފަދަ ޚިދުމަތްތަކަށް ކަނޑައެޅިފައިވަނީ އަހަރަކަށް ޖުމުލަ -/5000 (ފަސްހާސް) ދިވެހި ރުފިޔާކަމުގައެވެ.

އާސަންދައިން އިތުރަށް ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ ހާއްސަ ކްލިނިކެއް ގާއިމުކުރުމާއި އެފަދަ ހިދުމަތްތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއްކަމަށާއި، މިވައުދުގެ ދަށުން، މިދިޔަ 2019 ވަނަ އަހަރުގެ މާރިޗް 1 ގައި ވަނީ އައި.ޖީ.އެމް.އެޗް ގައި ސެންޓަރ ފޯ މެންޓަލް ހެލްތް' ގެ ނަމުގައި މެންޓަލް ހެލްތް ކްލިނިކެއް ހުޅުވާފައެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ