ބާސެލޯނާއަށް ކުޅެމުން އަން ސްޕެއިން ފޯވާޑު ކާލެސް ޕެރޭޒް އެކްލަބު ދޫކޮށް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ.
1 މިލިއަން ޔޫރޯއަށް ލޯނު އުޞޫލުން ޕެރޭޒް ރޯމާއާއި ގުޅުނީ މިސީޒަންގެ ނިޔަލަށެވެ.
އުމުރުން 21 އަހަރުގެ ޕެރޭޒް ބާސެލޯނާއަށް މިސީޒަންގައި 12 މެޗު ކުޅެފައިވާއިރު، 7 މެޗެއްގެ ފުރަތަމަ 11 ގައި ހިމެނިފައިވެއެވެ. ޕެރޭޒްއަށް ޓީމުން ފުރުޞަތު ބޮޑު ވެގެންދިޔައީ ބާސެލޯނާގެ ކުރިއަށް ކުޅެމުން އަންނަ ގިނަ ކުޅުންތެރިން އަނިޔާވުމާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ޑެމްބެލޭއާއި ސުއަރޭޒް ހިމެނެއެވެ.
?????
— AS Roma English (@ASRomaEN) January 30, 2020
¡Bienvenido Carles Perez! ⚡️ #ASRoma pic.twitter.com/Z10HzIXkkV
ލިބުނު މަދު ފުރުޞަތުގައި ބާސެލޯނާއަށް މުހިންމު ކުޅުމެއް ކުޅެދިން ޕެރޭޒްވަނީ ރެއަލް ބެޓިސް އަތުންނާއި އިންޓަރ މިލާން އަތުން ބާސެލޯނާ މޮޅުވި މެޗުގައި ލަނޑު ޖަހައިދީފައެވެ.
މިސީޒަންގެ ލަލީގާގައި ޕެރޭޒް 10 މެޗު ކުޅެފައިވާއިރު، 1 ލަނޑު ޖަހައި 3 އެސިސްޓް ހަދާފައިވެއެވެ.
ބާސާ އެކަޑަމީއިން ތަމްރީނު ވެގެންއައި ޕެރޭޒްއަކީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ބާސެލޯނާގެ ބޮޑު ޓީމާއި ގުޅުނީ މިދިޔަ އަހަރުއެވެ.



