މީސްމީޑިއާ މެދުވެރިކޮށް ސްޕެއިން ބަސް މިދަނީ ދަސްކުރަމުން: ރޭނިއާ

މީސްމީޑިއާ މެދުވެރިކޮށް ސްޕެއިން ބަސް ދަސްކުރަމުން ދާކަމަށް ދާދިފަހުން ވަރުގަދަ ރެއަލްމެޑްރިޑާއި ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑު ރޭނިއާ ޖީސޫސް ބުނެފިއެވެ.

އުމުރުން 18 އަހަރުގެ ރޭނިއާ ބްރެޒިލްގެ ފްލެމިންގޯ ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނީ މިޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

"ޢާއިލާއާއެކު އަހަރެންނަށް ސްޕެއިންގައި އުފާވެރި ދުވަސްތަކެއް ހޭދަވާނެކަމަށް ހީކުރަން." ރޭނިއާ ބުންޏެވެ.

މީގެއިތުރުން ރޭނިއާ ބުނީ، ވަޓްސް އެޕާއި ޓީވީ ޝޯތައް މެޗުވެރިކޮށް މިހާރުވެސް އޭނާދަނީ ސްޕެއިން ދަސްކުރަމުންކަމަށެވެ. އެހެންނަމަވެސް އޭނާގެ ހުރިހާ ވިސްނުމެއްވެސް ހުރީ ކޮލަމްބިއާގައި މިހާރު ކުރިއަށްދާ ޕްރިއޮލިމްޕިކްސްއަށް ކަމަށްވެސް ރޭނިއާ ބުންޏެވެ.

30 މިލިއަން ޔޫރޯއަށް ރެއަލްމެޑްރިޑާއި ގުޅުނު ރޭނިއާ ރެއަލްމެޑްރިޑާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތުހަމަވާނީ 30 ޖޫން 2026 އަށެވެ.

އުމުރުން 18 އަހަރުގެ ރޭނިއާ ބްރެޒިލްގެ 23 އަހަރުގެ ޤައުމީ ޓީމުގައިވެސް ހިމެނޭއިރު، މިހާރު ރޭނިއާ ހުރީ ކޮންމެބޯލް ޕްރިއޮލިމްޕިކް ޓާނަމަންޓްގައި ބްރެޒިލްއާއެކު ކޮލަމްބިއާގައެވެ. އެމުބާރާތަށް ފަހު މިސީޒަންގެ ބާކީބައި އޭނާ ހޭދަކުރާނީ ރެއަލްމެޑްރިޑްގެ ރިޒާވް ޓީމްގައެވެ.

ރޭނިއާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނީ، ރޭނިއާއަކީ ބްރެޒިލްގައި ހުރި ޒުވާން އެންމެ މޮޅުކުޅުންތެރިޔާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ