އެމްޑީޕީގެ ޕްރައިމަރީ މާދަމާ، ޝަކުވާ ބަލާ ކޮމެޓީ އެކުލަވާލައިފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ލޯކަލް ކައުންސިލް ޕްރައިމަރީ މާދަމާ ފަށާއިރު ޝަކުވާ ބަލާ ކޮމެޓީ އެކުލަވާލައިފި އެވެ.

އެމްޑީޕީން އެކުލަވާލި ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަހުފޫޒު ސަޢީދު، މޫސާ އަލިމަނިކު އަދި ފާޠުމަތު ޝަޙީދާ އެވެ.

އެމްޑީޕީން ވަނީ ޝަކުވާ ހުށައެޅުމަށް ގުޅާނެ ނަންބަރެއް ވެސް އާންމު ކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލް އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ގުޅާނީ، 7584400 ނަމްބަރު ފޯނަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ގިނަ ރަށް ރަށުގައި ވޯޓު ފޮށި ބެހެއްޓިފައި ހުންނާނީ ޕާޓީގެ ހަރުގޭގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެމްޑީޕީން ވަނީ މާލޭގައި ވޯޓު ފޮށިތައް ބެހެއްޓިފައި ހުންނާނެތަން ތަންވެސް އާންމު ކޮށްފައެވެ. އެގޮތުން މާލެގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނަކީ:
ދަރުބާރުގެ – މާލޭގެ ފޮށިތައް
ކަލާފާނު ސްކޫލް – ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު
މަޖީދިއްޔާ ސްކޫލް – އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
އިމާދުއްދީން ސްކޫލް – ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު
އިސްކަންދަރު ސްކޫލް – ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު
އެމްޑީޕީ ހަރުގެ – ތ އަތޮޅު، ލ އަތޮޅު
މުޙިއްޔިއްދީން ސްކޫލް – ވިލިމާލެ
ރެހެންދި ސްކޫލް – ހުޅުމާލެ

ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓުވެސް ވަނީ އެމްޑީޕީގެ ވެބްސައިޓު ގައި އާންމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ