ޗައިނާ ރައްޔިތުން ސިންގަޕޫރަށް ވަނުން މަނާކޮށްފި

ޗައިނާ ރައްޔިތުން ސިންގަޕޫރަށް ވަނުން އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

ސިންގަޕޫރުގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ލޯރެންސް ވޮންގް ވިދާޅުވީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޗައިނާ ރައްޔިތުން ސިންގަޕޫރަށް ވަނުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެއިތުރުން ވޭތުވެދިޔަ 14 ދުވަހުތެރޭ ޗައިނާ އަށް ދަތުރުކޮށްފައިވާ މީހެއް ނަމަވެސް ސިންގަޕޫރަށް އެތެރެވުމުގެ ހުއްދަ ނުދޭނެކަނަށް އޭނާ ވިދާޅުވިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ދިފާއުވުމަށް ސިންގަޕޫރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ މިއަދުއެވެ. ސިންގަޕޫރު ސަރުކާރުގެ މިނިންމުމާއި ގުޅިގެން އެފަދަ މީހުންނަށް ސިންގަޕޫރުގައި ޓްރާންސިޓް ކުރުމުގެ ފުރުޞަތުވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން އެގައުމުން އޮތީ ޗައިނާގެ ހުބެއި ޕްރޮވިންސަށް ދަތުރުކޮށްފައިވާ މީހުން ސިންގަޕޫރަށް އެތެރެވުން މަނާކޮށްފައެވެ. ޗައިނާގެ ވޫހާންއިން ސިންގަޕޫރަށް އެތެރެވި 13 މީހަކު މިހާރުވެސްވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފަ އެވެ.

ސިންގަޕޫރުގެ ސަރުކާރުގެ މިނިންމުމަށް ޢަމަލު ކުރަން ފަށާނީ މާދަމާ ހެނދުނު 11:35 އިން ފެށިގެންނެވެ.

ޗައިނާގައި މިވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ އަދުދު ގާތްގަނޑަކަށް 10،000 އަށްވުރެ މަތީގައި އުޅޭއިރު، މިބަލި ޖެހިގެން 213 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ