ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް އައްޑޫ ސިޓީ މޭޔަރުގެ ޓިކެޓު މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ކަޓުވާލުމަށްފަހު އަލީ ނިޒާރު ކާމިޔާބު ކުރައްވައިފިއެވެ.
ނިޒާރާއި ސޯބެ ގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވީ އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަދުހަމް އެވެ.
ސޯބެ ވަނީ ނިޒާރަށް މަރުހަބާ ވިދާޅުވެފަ އެވެ. ސޯބެ ވިދާޅުވީ އައްޑޫގެ ގޮނޑިތައް އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމަކީ އައްޑޫގެ ކުރިމަގަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.
Maruhabaa @DhekunuNizar adhi party Primary gai ticket kashavaru kurevvi emmehaa beyfulhun. Hivvaraai eku @MDPSecretariat ah mi gondithah kaamiyaabu kurumah athukuri olhaalaa masakkah kurumakee Addu ge kurimagah konmehen muhimmu kameh.
— Abdulla Sodiq(Sobe') (@SobeAbdulla) January 31, 2020
ސޯބެ ވަނީ ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ އެމްޑީޕީ އަށް ގޮނޑިތައް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށްވެސް އެދިލައްވާފަ އެވެ.
ތަފްސީލް އަންނަނީ



