މުހައްމަދު މަލީހް (ވ) ވާހަކަ ދައްކަވަނީ- ފޮޓޯ: ސަން

އިންޓަނެޓް އަގުހެޔޮ ކުރާނީ ދެފަރާތަށް ވެސް ފައިދާވާ ގޮތަށް - މަލީހް

ރާއްޖޭގައި އިންޓަނެޓް އަގުހެޔޮކުރާނީ އެ ހިދުމަތްދޭ ފަރާތްތަކާއި އަދި ކަސްޓަމަރުންނަށް ވެސް ފައިދާވާ ގޮތަށް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސް "ސަން" އަށް މަލީހް ވިދާޅުވީ، އެހެން ގައުމުތަކާ އަޅާ ބަލާ އިރު ރާއްޖޭގައި އިންޓަނެޓްގެ އަގުބޮޑުކަމަށް ގަބޫލުކުރައްވާ ކަމަށާއި، އިންޓަނެޓް އަގުހެޔޮކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޓަނެޓް އަގޮ ހެޔޮކުރުމަށް ކުރަން ޖެހޭ ދިރާސާތައް ކޮމިއުނިކޭޝަން އޮތޯރިޓީ އިން ޖެނުއަރީ މަހު ފަށާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އުރީދޫ އަދި ދިރާގުގެ އިސް ބޭފުޅުންނާ މިހާރު ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށްވެސް މަލީހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތް ދޭ 26 ގައުމެއްގެ ސާމްޕަލް ނަގާފައި. އެ ސާމްޕަލިން ނެގި އިރު އަޅުގަނޑުމެން ބެލިން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކާއި އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައި ހިދުމަތްދޭ އަގުތަކާއި އެ ގައުމުތަކުގެ އާބާދީއާ ފަދަ ކަންތައްތަކަށް،" މަލީހް "ސަން" އަށް ވިދާޅުވެފައިވެއެވެ.

މަދު ހަފްތާތަކެއްގެ ތެރޭގައި ދިވެހިރާއްޖޭގައި ދޭ އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ