ރޭ ހުޅުމާލޭގައި ފުލުހުންތަކެއް 2 މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ވެއްޓިފައި އޮންނަ މީހަކަށް ފުލުހުން އަނިޔާ ކުރަމުންދާ މަންޒަރު ފެނެއެވެ. އަދި "އައްދިއްޔޯއޭ" އަނިޔާ ނުކުރުމަށް އެމީހާ ބުނަމުން ދާ އަޑު އިވެއެވެ.
މިއީ ރޭ ދަންވަރު 3:45 އެހާއިރު ހިންގާފައިވާ ކަމެއް ކަމަށް ފެށުން އޮންލައިން އަށްވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ފުލުހުންނަށް ގުޅުމުން ފޯނު ނުނެންގުވުމުން ވަނީ ފުލުހުންގެ ބަހެއް ލިބޭގޮތް ނުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ މިކަހަލަ ވީޑިއޯ ތަކާއި މައުލޫމާތު ތައް ބަލަމުން ގެންދާކަމަށް ސީޕީ ހަމީދު ވަރަށް ގިނައިން ބުނުއްވައެވެ. އެފަރާތްތަކާއި ދޭތެރޭ މައްސަލަބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް އާންމުކޮށް ސީޕީ ހަމީދު ވިދާޅުވެ ޓްވީޓް ކުރައްވައެވެ.





2 Responses
Kobaa tha the egaaniyaa kohfa
aniyaa kuraathaneh nufene. mi kahala Salih habaru kiyaavareh moonehnu