މަސްތުވާތަކެއްޗާއެކު ބާރަށުންނާއި ހިންނަވަރުން މީހަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހިންނަވަރުން ހައްޔަރުކޮށްފައިވާކަމަށެވެ. މިމަހުގެ 1 ވަނަ ދުވަހު މިމީހާ ޙައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނުމާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހިފިރިހެނެއް ޙައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަނދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ހއ.ބާރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ބާރަށުން މީހަކު ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ފިރިހެނެއް ޙައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ބާރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެ 18:32 ހާއިރު ބާރަށު ޖެޓީ މަތިންކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިއޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ އަރައިގެން ހުރި ފައިވާނުގެ ތެރޭގައި ފޮރުވާފައި އޮތް ހަ ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.
މިދެމައްސަލަވެސް ފުލުހުންދަތީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.



