ލަލީގާގެ ތާރީޚުގައިވެސް މެޗެއްގައި ދެލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއަކަށް އަންސޫ ފާޓީ ވެއްޖެއެވެ.
ފާޓީ ދެލަނޑު ޖަހާފައިވަނީ ރޭ ބާސެލޯނާ އަދި ލެވެންޓޭ ބައްދަލުކުރިމެޗުގައެވެ. 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި މިމެޗުގައި ބާސެލޯނާއިން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ފާޓީއެވެ.
ފާޓީ މިރެކޯޑު ހެދިއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 94 ދުވަހެވެ. މިރެކޯޑު ކުރިން އޮންނަނީ ޖުއާންމީ އަތުގައެވެ. މަލާގާއަށް ކުޅުނު ޖުއާންމީ 2010 ވަނަ އަހަރު ރެކޯޑު ހެދިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 115 ދުވަހެވެ.
?HISTORY | Today, Ansu Fati became the youngest player to ever score two goals in one game in @LaLigaEN. ? pic.twitter.com/lfJqKJzGYq
— FC Barcelona (from ?) (@FCBarcelona) February 2, 2020
ބާސެލޯނާއިން ކޮންޓްރޯލްކޮށްގެން ކުޅުނު މިމެޗުގައި އެކްލަބުން ޖެހި ދެލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތެއް ބާސެލޯނާއަށް ލިބިގެންގޮސްފައިވާއިރު، ފުރަތަމަ ހާފުގައި ގްރިޒްމަންއަށް ލިބިގެންދިޔަ ފުރުޞަތު ފާހަގަކޮށްލެވެއެވެ.
ލެވެންޓޭގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ރޫބެން ރޮޗިނާއެވެ.
މިމޮޅާއެކު ދެވަނާގައި އޮތް ބާސެލޯނާއަށް 46 ޕޮއިންޓްވަނީ ލިބިފައެވެ. ތާވަލްގެ އެއްވަނާގައި އޮތް ރެއަލްމެޑްރިޑަށް 49 ޕޮއިންޓް ލިބިފައިވެއެވެ.



