ބޭލް - ފޮޓޯ: ބީބީސީ

ޔޫރޯ ކޮލިފިކޭޝަން - ބޭލް ހުރީ މިރޭގެ މެޗަށް ކެތް މަދުވެފައި

ޔޫރޯ ކޮލިފިކޭޝަންގައި މިރޭ ވޭލްސް އަދި ސްލޮވޭކިއާ ބައްދަލުކުރާމެޗަށް ވޭލްސްގެ ފޯވާޑް ގެރެތު ބޭލްހުރީ ކެތްމަދުވެފައެވެ.

އުމުރުން 29 އަހަރުގެ ގެރެތު ބޭލްއަށް އިންޖަރީގެ ސަބަބުން މިސީޒަންގައި ރެއާލްމެޑްރިޑްގައި މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ސްޕެއިންގެ މީޑިއާއާއި ސަޕޯޓަރުންދަނީ ބޭލްއަށް ފާޑުކިޔަމުންނެވެ.

ވޭލްސްއިން ބުދަދުވަހު ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާއެކު ކުޅެވުނު ރަޙްމަތްތެރި ކަމުގެ މެޗުގައި ބޭލް ކުޅެފައެއްނުވެއެވެ. އެމެޗު ވޭލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ސްލޮވޭކިއާއާއި ދެކޮޅަށް ނިކުންނަށް ބޭލް ތައްޔާރުވާއިރު ބޭލް ޤަޢުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ސްލޮވޭކިއާއާ ދެކޮޅަށެވެ.

މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ ފްރާންސްގައި ބޭއްވުނު 2016 ވަނަ އަހަރުގެ ޔޫރޯގައެވެ. ބޭލްގެ ލަނޑެއް ހިތްގައިމު ހިލޭ ޖެހުމަކުން ފެނިގެންދިޔަ މިމެޗު ވޭލްސް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗާބެހޭގޮތުން ވާހަކަ ދައްކަމުން ބޭލްބުނީ އެއް އިންޖަރީވިކަމަށާއި އެކަމު މިހާރު އެއިންޖަރީވެސް ރަނގަޅުވެފައިވާކަމަށެވެ. އަދި ބޭނުންވަނީ ބޮޑެތި މުބާރާތްތައްކުޅެ ތަޖުރިބާ ހޯދަންކަމަށާއި ޓީމެއްގެ ގޮތުގައި ގަދައަޅާ މަސައްކަތް ކުރަންޖެހޭކަމަށްވެސް 2016 ވަނަ އަހަރުގެ ސެމީ ފައިނަލަށް ވޭލްސް ދަތުރުކުރުމުގައި އިސްރޯލެއް އަދާކުރި ބޭލް ބުނެފައިވެއެވެ.

ބޭލް ރެއަލްމެޑްރިޑާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ - ފޮޓޯ: ދަ ވީކް ޔޫކޭ

ރެއަލްމެޑްރިޑާއެކު ހަތަރު ޗެމްޕިއަންސް ލީގު އަދި އެއް ލަލީގާ ކާމިޔާބުކޮށްފައިވާ ބޭލް 2013 ވަނަ އަހަރު ޓޮޓޭންހާމް ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނީ 85 މިލިއަން ޕައުންޑަށެވެ.

މިސީޒަންގައި ރެއަލްމެޑްރިޑަށް ބޭލް ކުޅެދިން 35 މެޗުން 14 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ