ރީތި ލަވައަކުން އަލްހާން، ރައީސްއަށް: ވައުދާ ހުވާ ކުރާނެޔޭ! އެހަނދާން ނެތޭނެޔޭ!

ސަރުކާރުން ވައުދުވުމަށްފަހު ވަޢުދު ނުފުއްދަވާކަމަށް ވިދާޅުވެ މާލޭ ސިޓީ މޭޔަރުކަމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އަލްހާން ފަހުމީ ސަރުކާރަށް ވަރަށް ބޮޑަށް ވިދާޅުވެއްޖެއެވެ.

އަލްހާން ސަރުކާރަށް ފާޑު ވިދާޅުވެފައި މިވަނީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުމުގެ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވާ ވާހަކަ ފުޅުތަކަށެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް 49 ބިލެއް ފޮނުވާފައިވާކަމަށާއި، އޭގެ ތެރެއިން 27 ބިލެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ސަރުކާރުން 59 ބިލެއް މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައެވެ. މިކަމާއި ގުޅިގެން އަލްހާން ވިދަޅުވެފައިވަނީ ސަރުކާރުން ވަޢުދުވުމަށްފަހު އެކަން ހަނދާންނެތޭކަމަށެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން އަލްހާން ވިދާޅުވެފައި ވަނީ މިހެންނެވެ. "ވައުދާ ހުވާ ކުރާނެޔޭ! އެހަނދާން ނެތޭނެޔޭ! ނޫނީ އެހެން ގޮތެއްގާ މަޖްބޫރު ވާނެޔޭ! ދެގޮތެއް މަށެއް ނުވާނަމޭ ބުނެފާ ނުވޭހޭ؟"

ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި ދައްކައިދީފައިވަނީ ދައުލަތުގެ ތިން ބާރު މިނިވަންކަމާ އެކު މަސައްކަތް ކުރާތަން ކަމަށާއި އަދި އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ، ޒިންމާދާރު ކުރުވުމުގެ މިސާލެއްކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ ތިން ބާރު ވަކިވެފައިވާ ކަމާމެދު ސުވާލު އުފައްދަވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ފަހުކޮޅު ފަނޑިޔާރު ކަމުން އަމިއްލައަށް އިސްތިއުފާ ދެއްވި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް ވަނީ، ވެރިކަންކުރާ ޕާޓީން މަޖިލިހާއި ޖޭއެސްސީ ކޮންޓްރޯލް ކުރާއިރު، 3 ބާރު ވަކިވެ، މިނިވަންވެފައި ކޮބާތޯ؟ ސުވާލު ކުރައްވާފައެވެ.

"ވަޢުދާ އެއްގޮތަށް ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރަންޖެހޭ!" ހައިލަމް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ