ކޮރޯނާވައިރަސް އާއި ގުޅިގެން އަށް ދުވަހުގެ ތެރޭގައި ޗައިނާގައި ބިނާކުރި ހޮސްޕިޓަލް

މިއަދު ޗައިނާއަކީ ނުރައްކާތެރި ވައިރަހެއް ކަމުގައިވާ ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ ގައުމެކެވެ.

މިވައިރަސް ފެތުރުމުގެ ކުރިން ޗައިނާ މަޝޫރުވެފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދައް އޮތް ބިރެއްގެ ގޮތުގައެވެ. މިވަގުތު ދުނިޔޭގެ ދެވަނައަށް އޮތް އިގްތިސާދު ޗައިނާގެ އިގްތިސާދުގެ ދުވެލި ކޮރޯނާވައިރަހުގެ ސަބަބުން މަޑުވެފައި ވީނަމަވެސް ކޮރޯނާވައިރަހުގެ އަސަރުކުރަމުންދާ ފަރާތްތަކަށް އެންމެ އަށްދުވަސް ތެރޭގައި ހޮސްޕިޓަލެއް ބިނާކޮށް ޗައިނާގެ މަސައްކަތްތެރިކަން މިވަނީ މުޅިދުނިޔެއަށް ދައްކާލައިފައެވެ.

ނިމިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު މަސައްކަތްފެށި 1،000 އެނދުގެ ހޮސްޕިޓަލް އެންމެ އަށްދުވަހުގެ ތެރޭގައި ނިންމާ މިއަދު ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން އަށްދުވަހުގެ ތެރޭގައި ހެދި މި ހޮސްޕިޓަލު އިމާރާތްކޮށްފައި ވަނީ ގާތްގަނޑަކަށް 25،000 އަކަ މީޓަރު (269،000 އަކަ ފޫޓު) ގެ ސަރަހައްދެއްގައެވެ.

ޗައިނާއަކީ މިފަދަ އިމާރާތްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބިނާކުރުމުގެ ރިކޯޑް މީގެކުރިންވެސް އޮތް ގައުމެކެވެ. މިގޮތުން ސާސް ރޯގާ ފެތުރުނު ދުވަސްވަރު 2003 ވަނަ އަހަރު، ޗައިނާގައިވަނީ ހަތް ދުވަހުން ހޮސްޕިޓަލެއް ހަދާ ނިންމާލައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ