މީހަކު ހުއްޓުވައި ފަތުރުވެރިއެއްގެ އަތުން ވަގަށް ނަގާފައިވާ ފޯނެއް ހޯދައިފި

މާލޭގައި ފުލުހުން މީހަކު ހުއްޓުވައި ފަތުރުވެރިއެއްގެ އަތުން ވަގަށް ނަގާފައިވާ ފޯނެއް ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ފޯނު ހޯދާފައި ވަނީ އިއްޔެ 17:20 އެހާކަންހާއިރު މާފަންނު ޕޮލިސް އިން ހުއްޓުވި 32 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ ފިރިހެނެއްގެ އަތުންކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ފޯނަކީ ސުނާމީ ބިނާ ކައިރީގައި އޮތް ދޯންޏެއްގައި ހުރި ފަތުރުވެރިއެއްގެ ފޯނުކަމަށެވެ. މި ދެމީހުން ހައްޔަރުކޮށް ފުލުހުން މިހާރު ދަނީ މައްސަލަ ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ