ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ބާއްވަން ނިންމައިފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ އޭނާ ހުށައެޅުއްވި މިހުށައެޅުމަށް އެގްޒެކެޓިވް ކޮމިޓީން ތާއީދު ކުރައްވާފައި ވާކަމަށެވެ.
ބައްސާމް ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ފުޓްބޯޅަ އަކީ، ވަކިވަކި ފަރުދަކަށްވުރެ މާ ބޮޑު ކުޅިވަރެއް ކަމަށެވެ. އަދި މި އިންތިހާބުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ކެންޑިޑޭޓުން، އިންތިޚާބުގައި ވާދަކުރެއްވުމަށް ބައްސާމް ގޮވާލެއްވިއެވެ.
ބައްސާމުގެ ދައުރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މައްދަތު ހަމަވުމުގެ 9 މަސް ކުރިން އަވަސް އިންތިހާބަކަށް ގޮވާލަނީ ފުޓްބޯޅަ އާއިލާ އާއި ކްލަބްތަކަށް، އެ ފަރާތްތަކުގެ ފުޓްބޯޅައިގެ ލީޑާޝިޕެއް ކަނޑައަޅަން މަގު ދައްކަން ކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް މަގާމުން ދުރުކުރުމަށް ދާދި ފަހުން ރާއްޖޭގެ ބައެއް ކުލަބުތަކުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ނިއުރޭޑިއަންޓް އަދި ވިކްޓްރީ ވަނީ ބައްސާމް މަގާމުން ދުރުކުރުމަށް މަސައްކަތް ކުރައްވާފައެވެ.
ބައްސާމް އެފްއޭއެމްގެ ރައީސް ކަމާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
 
								
ހިޔާލު
Ibahsaamuiiisthiufaa