ބިދޭސީއަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސާ ގޯނާ ކުރަން އުޅެފި

ބިދޭސީއަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސާ ގޯނާ ކުރަން އުޅެފިއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 04 ވަނަ ދުވަހުގެ (އިއްޔެގެ) ވަގުތެއްގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ބިދޭސީ ފިރިހެނަކު އުޅުނު މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގި މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 02:30 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން މީހަކު އަދި ޙައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ބިދޭސީ މީހާ އަތުގައި އެއްވެސް ޑޮކިއުމެންޓެއް ނެތްކަމަށާއި އޭނާއަކީ ޤަވާޢިދާ ޚިލާފަށް އެރަށުގައި ދިރިއުޅޭ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ