ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

މީހެއްގެ އަތުން އައި ފޯނާއި 6000 ރުފިޔާ ފޭރިގެންފި

ބިދޭސީއަކަށް ހަމާލާދީ އޭނާގެ އަތުގައި ހުރި 6،000 ރުފިޔާއާއި ފޯނު ބަޔަކު ފޭރިގެންފިއެވެ.

އޯކިޑްމަގު ގަޑި ބުރު ކައިރިން ދެ ސައިކަލެއްގައި އައި ހަތަރު މީހުން ބިދޭސިއަކަށް އަނިޔާކޮށް ބަޔަކު އޭނާގެ އަތުން ފައިސާތައް ފޭރިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ހާދިސާއާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށާއި ބިދޭސީމީހާ އަތުން ފޭރިގެންފައި ވަނީ އައި ފޯނަކާއި 6،000 ރުފިޔާ ކަމަށެވެ.

މި މަހު އެކަނި ވެސް ފޭރުމުގެ 37 ހާދިސާ ހިނގާފައިވާއިރު މިދިޔަ ހަފްތާގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ވޭނެއް ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފައެވެ.އަދި މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އަތުން ފޭރިގެންފައެވެ.

ވައްކަމާއި، ފޭރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް