ކްރިސްޓީއާނޯ ރޮނާލްޑޯ ދިއުމުން ރެއަލްމެޑްރިޑަށް ދިމާވި އުނދަގޫތައް ލިއޮނަލް މެސީ ނެތްދުވަހަކުން ބާސެލޯނާއަށް ކުރިމަތިވާނެކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މެސީ ކްލަބު ބަދަލުކުރަން އުޅޭ ވާހަކަތައް އަނެއްކާވެސް ފެންމަތިވެފައިމިވަނީ ބާސެލޯނާގެ ޓެކްނިކަލް ސެކްރެޓަރީ އަބިޑާލްގެ އިންޓަރވިއުއަކާއި ގުޅިގެން މެސީ ފާޑުކިޔާފައިވުމުންނެވެ.
އެހެންނަމަވެސް، ބާސެލޯނާއަށް މެސީއަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން އެންމެ ރަނގަޅަށް ދަންނަ ގާޑިއޯލާ އެކަން އޮގަތަށް ވިޔަ ނުދިނުމަށް ބާރުއަޅައި ވާހަކަ ދައްކާފައިވާއިރު، ގާޑިއޯލާ ބުނީ، ރޮނާލްޑޯ ދިއުމުން ރެއަލްއަށް ދިމާވި އުނދަގޫތައް މެސީ ނެތްދުވަހަކުން ބާސާއަށް ކުރިމަތިވާނެކަމަށާއި، އެއީ ފޫބައްދަށް އުނދަގޫ ގެއްލުމަކަށް ވާނެކަމަށެވެ.
Abidal Ge Interview Aai Gulhigen Messi Hiyhama Nujehun Faalhu Kohfihttps://t.co/6Ci6Ym1Uej
— Feshun (@feshunonline) February 5, 2020
ގާޑިއޯލާވަނީ ބާސެލޯނާގައި ކުޅުންތެރިންގެ ގޮތުގައާއި ކޯޗެއްގެ ޙައިސިއްޔަތުން 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ.
ގާޑިއޯލާގެ ބާސެލޯނާގެ ކޯޗު ކަމުގައި ހަތަރު ސީޒަނެއް ހޭދަކޮށްފައިވާއިރު، އޭނާވަނީ ބާސެލޯނާއާއެކު 3 ލަލީގާއާއި 2 ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މިހަތަރު ސީޒަންގައި ޖުމްލަ 14 ތައްޓެއް ގާޑިއޯލާއާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފައިވާއިރު، ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ފުޓްބޯޅައިގެ ޙަޔާތުގައިވެސް ކުޅުނު އެންމެ ވަރުގަދަ ޓީމަކީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ބާސެލޯނާއެވެ.
ގާޑިއޯލާ ބުނި ގޮތުގައި ބާސެލޯނާއާއެކު ހޯދި އެންމެ އުފާވާ ކާމިޔާބީއަކީ އެކްލަބާއެކު އުފުލާލި ފުރަތަމަ ލަލީގާއެވެ. އެއަހަރުގެ ލަލީގާ ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ ބާނަބޯގައި 2-6 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް ބަލިކުރުމަށްފަހުގައެވެ.




