ހުޅުމާލޭގައި 2 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި 2 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ހުޅުމާލެ ރަބަރު ގަސް މަގުން ދުއްވާފައިދިޔަ 2 ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާކަމަށް ފުލުހުންނަށް މިއަދު 13:45 އެހާއިރު ރިޕޯޓު ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއެކްސިޑެންޓުގައި 3 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށާއި 3 މީހުންވެސް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓު ހިނގިއިރު އެއް ސައިކަލް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނޯންނަކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަނެއް ސައިކަލު ދުއްވަން އިނީވެސް 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަކީ ޓްރެފިކް ވައިލޭޝަން މައްސަލައެއްގައި މީގެ ކުރިން ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން އޭނާ އަތުގައިވެސް ލައިސަންސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ