އިންޑިޔާގައި ހުންނަ އެމެރިކާ އެމްބަސީ ތެރޭގައި ކުޑަކުއްޖަކު ރޭޕް ކޮށްފި

އިންޑިޔާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކޮމްޕްލެކްސް ތެރޭގައި ކުޑަ ކުއްޖަކު ރޭޕުކޮށްފިއެވެ. އެމްބަސީގެ ގޯތިތެރޭގައި ރޭޕް ކޮށްފައިވަނީ އުމުރުން އެންމެ ފަސް އަހަރުގެ އަންހެން ކުއްޖެކެވެ.

ދިއްލީ ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރާގްޔާ އާ ހަވާލާދީ އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ހުށަހަޅާފައިވަނީ ކުއްޖާގެ މަންމަކަމުގައެވެ. އަދި މި ކުއްޖާގެ ބައްޕަ އަކީ އެމެރިކާ އެމްބަސީގައި ހައުސް ކީޕަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް ފުލުހުން ބުނެފައިވަނީ މި ފަސް އަހަރުގެ ކުއްޖާ ދިރުއުޅެމުންދަނީ ކުއްޖާގެ އާއިލާއެކު އެމްބަސީ ކުއާޓަރުގައިކަމަށެވެ. އަދި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެމްބަސީ އިން ބުނެފައިވަނީ މި ޢަމަލާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި އަދި މައްސަލަ ހުށަހެޅުނު ހިސާބުން ފިޔަވަޅުތަކެއްވެސް އަޅާފައިވާކަމުގައެވެ. ހަމައެހެންމެ، މި މައްސަލައިގައި ފުލުހުންނަށް އެއްބާރުލުން ދެމުންދާކަމަށްވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ