ކާބޯތަކެތީގައި ހުންނަ ޖަރާސީމު ދައްކައިދޭ މޮޅު އުފެއްދުމެއް!

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންދާޒާ ކުރާ ގޮތުގައި ކޮންމެ އަހަރަކުވެސް، ޖަރާސީމާ އެކުވެފައިވާ ނުތާހިރު ކާބޯތަކެތީގެ ސަބަބުން 600 މިލިއަނެއްހާ މީހުންނަށް އެކި ބަލިތައް ޖެހެއެވެ. މިކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 420،000 މީހުން މަރުވާކަމަށް ރިކޯޑު ކުރެވެއެވެ. 600 މިލިއަން މީހުން ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނެއެވެ.

މިފަދަ މައްސަލައަކަށް، ޓެކްނޮލޮޖީގެ އެހީގައި އެކަށީގެންވާ ހޯދުންތަކެއް މީގެކުރިން ހޯދިފައި ނުވެއެވެ. އެހެންނަމަވެސް، މިހާރު، ސައިންސްވެރިން ޓީމަކުންވަނީ، ކާބޯތަކެތީގައި ހުންނަ ޖަރާސީމު ފަސޭހައިން ދެނެގަނެވޭނެ ވަސީލަތެއް އީޖާދު ކޮށްފައެވެ.

ފުޑްބޯން އެޕިޑަމިކްތަކުން ތައްޔާރުވުމަށް އެހީއަކަށްވެދޭނޭ މި ވަސީލަތަކީ އެއްތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭނެ ގޮތަށް އުފައްދާފައިވާ އެއްޗެއްވެސްމެއެވެ. ހަމައެހެންމެ، މި ވަސީލަތްތައް ތަރައްގީކޮށްފައިވަނީ އޭގެން ކުރާ ޓެސްޓުތަކުގެ ނަތީޖާ ވަރަށް ފަސޭހައިން ސްމާޓްފޯންތަކަށާއި ލެޕްޓޮޕްތަކަށް ފޮނުވާލެވޭނޭ ގޮތަކަށެވެ.

އެމެރިކށގެ ޕާޑިއު ޔުނިވަރސިޓީގެ ތަޖުރިބާކާރުން މި މަސައްކަތުގައި ހަރަކާތްތެރިވިއިރު، އެފަރާތްތަކުން މިހާރުވަނީ މި ޑިވައިސް ވަރަށް ބޮޑަށް ޓެސްޓުކޮށްފައެވެ. އަދި މި ޓެސްޓުތަކުންވެސް މި އީޖާދު ކާމިޔާބުކަމަށް ދައްކާކަމަށް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ