އަބީޑާލްއަށް ފާޑުކިއުމުގެ ޙައްޤު މެސީއަށް އެބައޮތް: ރިވާލްޑޯ

ބާސެލޯނާގެ ސްޕޯޓިންގެ ޑިރެކްޓަރު އެރިކް އަބިދާލްއަށް ފާޑުކިއުމުގެ ޙައްޤު އެކްލަބުގެ ކެޕްޓަން ލިއޮނަލް މެސީއަށް އެބައޮތްކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.

ސްޕެއިނުގެ ނޫހެއް ކަަމަށްވާ ޑާރިއޯ ސްޕޯޓްސް އަށް އަބިދާލް ދިން އިންޓަވިއުއާއި ގުޅިގެން މެސީ ފާޑުކިޔާފައިވާއިރު އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރިވާލްޑޯ ބުނީ މެސީއަށް އެޙައްޤު އެބައޮތްކަމަށާއި، އަބިޑާލްގެ އިންޓަރވިއުގައި ކުޅުންތެރިންގެ 'ޕްރޮފެޝަނަލިޒަމް' އާއިގުޅޭ ގޮތުން ސުވާލު އުފައްދާފައިވާކަމަށެވެ.

"ކުޅުންތެރިންގެ ނަން ހާމަ ނުކުރުމުން އެރައްދުވަނީ މުޅި ޓީމަށް." ރިވާލްޑޯ ބުންޏެވެ.

މީގެ އިތުރުން ރިވާލްޑޯ ބުނީ، މިޙާލަތުގައި މެސީ މަސައްކަތްކޮށްފައިވަނީ އޭނާގެ އިތުރުން މުޅި ޓީމު ދިފާޢުކުރުމަށް ކަމަށާއި، އިންޓަރވިއުއެއްގައި އެކަމާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި އެފަދަ މައްސަލަތައް ނިންމަން ޖެހޭނީ އެތެރެއެތެރެއިންކަމަށެވެ.

އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން އަބީޑާލް ބުނީ، ބާސެލޯނާގެ ކުރީގެ ކޯވު އާނެސްޓޯ ވަލްވާޑޭ ވަކިކުރުމުގައި ބާސެލޯނާގެ ކުޅުންތެރިންގެވެސް ޒިންމާވެސް އެބައޮތްކަމަށެވެ. އެގޮތުން ޓީމު ތެރޭގައި ވާހަކަދެކެވިފައިނުވާއިރު، ބައެއް ކުޅުންތެރިން ވަލްވާޑޭއާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށްވެސް އަބިޑާލް ބުންޏެވެ. އަދި އެފަދަ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވީ ކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

އަބީޑާލްގެ މިވާހަކަތަކާއި ގުޅިގެން އެކަމާ ހިތްހަމަ ނުޖެހި މެސީ ވާހަކަ ދައްކާފައިވާއިރު، މެސީ ބުނީ އެމީހެއްގެ ދާއިރާއެއްގެ ޒިންމާ އެމީހަކު ނަގަން ޖެހޭނެކަމަށާއި، ގޮތެއް ނިންމުމުގެ ކުރިން އެއީ ކިހާވަރެއްގެ ނިންމުމެއްކަންވެސް ބަލަންޖެހޭނެ ކަމަށެވެ. އަދި ދަނޑުމަތީ ހިނގާ ހުރިހާކަމެއްގެ ޒިންމާ ކުޅުންތެރިން ނަގާނެކަމަށާއި، ކަމެއް ގޯސްކޮށް ދަންޏާވެސް އެކަން ކުޅުންތެރިންނަށް އެނގޭނެކަމަށް މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނީ، ކުޅުންތެރިންގެ ވާހަކަ ދައްކަންޏާ، އެއީ ސީދާ ކޮން ކުޅުންތެރިންނެއްކަން ހާމަކޮށްދޭން ޖެހޭނެކަމަށާއި، ނޫންނަމަ ހުރިހާ ކުޅުންތެރިންވެސް އެކަމުގައި ޝާމިލްވާއިރު، އެކަން ދޮގުކުރަން މަޖުބޫރުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ