ހުޅުމާލޭގައި ފަތުރުވެރިންނަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ހައްޔަރުކޮށްފިން: އިމްރާން

މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ފަތުރުވެރިން ތަކަކަށް ވަޅިން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ހައްޔަރުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރޭ ޕީއެސްއެމް ގެ ރާއްޖެމިއަދު ޕްރޮގްރާމް ގައި ވާހަކަދައްކަވަމުންނެވެ. "އެކަން ކުރުމުގައި، ރޭވުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތް އަޅުގަނޑުމެން ވާނީ ބަންދުކޮށްފައި. އަދި ދެންވެސް އެކަމުގެ ތެރޭގައި އުޅޭ ބައެއް މީހުން އެތިބި ބަންދު ކުރެވިފައި" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފަތުރުވެރިންތަކަށް ހަމަލާދިން ހާދިސާއަކީ މިފަދަ އަމަލުތައް ހިންގާ ބޭރުގެ އެހެނިހެން ފަރާތްތަކުން އެކަންކަން ހިންގާ ގޮތަށް ރާވައިގެން އެވިސްނުމުގައި ހިންގި އަމަލެއްކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެފައެވެ.

އެ ވީޑިއޯގައި ހާމަކޮށްފައިވާ ގޮތަށް އެފަރާތްތަކަށް ކަންތައް ނުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ހަރުކަށި ފިކުރުގެ ބަޔަކު ހަދާފައިވާ އެވީޑިއޯގައި ވަނީ ރާއްޖޭގެ ވެރިންނަށާއި ދީނީ އިލްމުވެރިންނަށްވެސް އިންޒާރު ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ