ބޭލްއާއި ގުޅުވައިގެން ފަތުރާ އަޑުތަކަށް ޒިދާން ނުރުހުން ފާޅުކޮށްފި

ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލްއާއި މައްސަލަ ޖެހިފައިކަމަށް ބުނެ ފަތުރާ އަޑުތަކާއި ގުޅިގެން އެކްލަބު ކޯޗު ޒިނެދިން ޒިދާން ނުރުހުން ފާޅުކޮށްފިއެވެ.

4-1 ގެ ނަތީޖާއަކުން އޮސަސޫނާގެ މައްޗަށް ރެއަލްމެޑްރިޑް ކުރި ހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ، ބޭލްއާއި އޭނާއާ ދޭތެރޭ އެއްވެސް މައްސަލައެއް ޖެހިފައިނުވާކަމަށެވެ.

"މައްސަލައަކީ އަހަންނާއި ބޭލްއާއި ދޭތެރޭ މައްސަލަ ޖައްސަން ބަޔަކު މިތާ މަސައްކަތްކުރުން." ޒިދާން ބުންޏެވެ.

މީގެއިތުރުން ޒިދާން ބުނީ، ރެއަލްމެޑްރިޑްގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު ހަމަހަމައަށް ހުރިހާ ކުޅުންތެރިންނަށް ފުރުޞަތުދޭން އުނދަގޫކަމަށާއި، ބޭލްއަކީ މުހިންމު ކުޅުންތެރިއަކަށްވާއިރު، ސީޒަން ނިމެންދެން ބޭލް ރެއަލްމެޑްރިޑްގައި މަޑުކުރާނެކަމަށެވެ.

ރެއަލްމެޑްރިޑުން ކުރިން ކުޅުނު ތިން މެޗުންވެސް ބޭލްއަށް ޖާގަލިބިފައި ނުވާއިރު، ރޭ އޮސަސޫނާއާއި ދެކޮޅަށް ކުޅުނު ރެއަލްމެޑްރިޑް ޓީމުގެ ފުރަތަމަ 11 އިން ބޭލްއަށް ވަނީ ފުރުޞަތު ލިބިފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އޮސަސޫނާގެ ގާސިއާ ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނަޓްގައެވެ. ރެއަލްމެޑްރިޑުން އޭގެފަހުން 4 ލަނޑު ކާމިޔާބުކޮށްފައިވާއިރު މިލަނޑުތައް އެކްލަބަށް ކާމިޔާބުކޮށްދިނީ އިސްކޯ، ރާމޯސް އަދި ލޫކަސް ވަޒަކަޒްގެ އިތުރުން ޖޮވިޗެވެ.

މިމޮޅާއެކު ރެއަލްމެޑްރިޑުންވަނީ ތާވަލްގެ އެއްވަނާގައި ހިފަހައްޓާލާފައެވެ. ރެއަލްމެޑްރިޑަށް 23 މެޗުން 52 ޕޮއިންޓް ލިބިފައިވެއެވެ. ތާވަލްގެ ދެވަނާގައި ވާދަވެރި ބާސެލޯނާ އުޅެނީ 49 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ