ސިނަމާލެ ބުރިޖު - ފޮޓޯ: ރައީސް އޮފީސް

ރާއްޖެތެރޭ މީހުން މާލެ ހިފަން ޖެހިދާނެކަމުގެ އިންޒާރު ދީފި

ރާއްޖެތެރޭ މީހުން މާލެ ހިފަން ޖެހިދާނެކަމުގެ އިންޒާރު ގއ. ވިލިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދު ހުސެއިން ދެއްވައިފިއެވެ.

ސައުދު ހުސައިން މިހެން ވިދާޅުވެފައިވަނީ، މާލެއަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންގެ އަތުން އެމީހުންގެ ބިންތައް ފޭރިގަތުންފަދަ މައްސަލައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ޙުސެއިން ޝަހީމް (އަނދުން ހުސޭން) ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ، މާލެއަކީ ވަކި ބައެއްގެ ތަރިކައެއް ނޫން ކަމަށާއި، ގްރޭޓަރ މާލެ ތަރައްޤީ ކުރުމަށް ނެގި ލޯނުތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހި ރައްޔިތުންގެ އެސެޓެއް ކަމަށެވެ.

"ނަސްލީ ތަފާތުކުރުން ބޮޑުކުރާނަމަ ރާއްޖެތެރޭ މީހުން މާލެ ހިފަން ޖެހިފާނެ." މެންބަރު ސައުދު ހުސައިން ވިދާޅުވިއެވެ.

ސައުދު ހުސައިން އިތުރަށް ވިދާޅުވީ، މާލޭ ދަފްތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓްރީއަށް ބަދަލުވުމަށް ގޮވާލައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
7
ގުޅުންހުރި ލިޔުންތައް

3 Responses

  1. މާމިގިލީ / ފެންފުށި މީހާާ

    ބަލާގަ އަދުން ހު ސޭނު ކޮންތާކުން ގެން މާލެ އެބާ ތިބުނާ މާލެ ހިއްކީ އޭރުގެ ގޮތުން ނަމަ އ އަތޮޅު މީހުން ކޮނޑުން ވެއްޔާ ގަލާ އުފުލާގެން ދެން މިއަދުން ހު ސޭނު މާ މާލެވެގަނެގެން މިކިޔަނީ ކީކޭތަ މާލޭ ތިޔަކިޔީ އިޒްރޭލުމީހުން ރާއްޖެތެރޭމީހުން އަތުން މާލެ ފޭރިގަނެގެން ވެރިވެގަނެގެން ތިއުޅެނީ މީނާ ކޮންތާކުން ގެނާ މާލެ އެއްބާ؟

  2. visnaaa

    އަޅެ މިމީހުން މިދައްކާ ވާހަކައިގެ ބިރުވެރިކަމާއެވެ

    • ބޮޑުހު ސޭނު

      ސ ސައުދު އެބުނަނީ ހަމަ ތެދެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ