އޮސްކާ އެވޯޑްސް: އެންމެ މޮޅު ފިލްމްގެ ޝަރަފާއެކު "ޕެރެސައިޓް" ތާރީޙްގެ ތެރެއަށް!

އިއްޔެ ބޭއްވުނު 92 ވަނަ އޮސްކާ އެވޯޑްސްގައި ބެސްޓް ޕިކްޗާއާ އެކު ދެކުނު ކޮރެއާގެ ކޮމެޑީ ތްރިލާ ފިލްމު "ޕެރެސައިޓް" އެކު ތާރީހުން ޖާގަ ހޯދައިފި އެވެ.

އޮސްކާގެ ދިގު ތާރީހުގައި އަދި މިހާތަނަށް ދުވަހަކު ވެސް ބެސްޓް ޕިކްޗާސް އަށް ފޮރިން ލޭންގުއޭޖްގެ ފިލްމެއް ހޮވިފައިނުވާއިރު، އިތުރު ހަތަރު އެވޯޑާއެކު މި ފިލްމް ވެގެންގޮސްފައިމިވަނީ، މިފަހަރުގެ އޮސްކާގެ އެންމެ ކާމިޔާބު ފިލްމަށެވެ.

މި ފިލްމާއެކު ދެން އެންމެ ދާދިގާތުން ވާދަކޮށްފާއިވަނީ، ޑީސީގެ ސުޕަވިލަން ފިލްމު "ޖޯކާ" އާއި ކުއެންޓިން ޓެރެންޓީނޯގެ ކޮމެޑީ ޑްރާމާ ފިލްމު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަދި ހަނގުރާމަ މަތީ ފިލްމް "1917" އެވެ.

އެގޮތުން ޖޯކާއަށް ލިބިފައިވަނީ، ވަކީން ފީނިކްސް އަށް ބެސްޓް އެކްޓަރުގެ އެވޯޑާއި އޮރިޖިނަލް ސްކޯއެވެ. އަދި "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އިން ބްރެޑް ޕިޓަށް އެކްޓާ އިން އަ ސަޕޯޓިން ރޯލުގެ އެވޯޑާއި ޕްރޮޑަކްޝަން ޑިޒައިންގެ އެވޯޑް ލިބުނެވެ.

އޮސްކާގެ ފާހަގަކޮށްލެވޭ އިތުރު އެވޯޑްތަކަށް ބަލާއިރު، ބެސްޓް އެކްޓްރެސްގެ އެވޯޑް ގެންދިޔައީ ފިލްްމް "ޖޫޑީ" އިން ރެނީ ޒެލްވިގާ އެވެ. އަދި އެކްޓްރެސް އިން އަ ސަޕޯޓިން ރޯލް ގެންދިޔައީ "މެރިއެޖް ސްޓޯރީ" އިން ލައުރާ ޑާން އެވެ. މީގެ އިތުރުން އެންމެ މޮޅު އެނިމޭޓެޑް ފިލްމަކީ "ޓޯޯއީ ސްޓޯރީ 4"އެވެ.

މިފަހަރުގެ އޮސްކާ ހަފްލާގައި، މަޝްހޫރު ރެޕް އާޓިސްޓް "އެމިނެމް" ގެ ހާއްސަ ހުށައެޅުމެއްވެސް ފެނިގެންދިޔައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ