ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 9 ވަނަ ދުވަހު ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓްއިން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ދެގެއަކާއި ދެ ފްލެޓް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މިތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ހުރި 24 ސެލޯފީމް ކޮޅާއި، 16 ފިލްމު ހުސްކުރި ދަޅުގެ އިތުރުން ބޮޑު 2 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުނުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން އުމުރުން 27 އަހަރާއި 23 އަހަރުގެ ދިވެހި ދެފިރިހެނުންނާއި، 26 އަހަރުގެ ބިދޭސީ ފިރިހެނަކު ޙައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
(ތަފްޞީލް އަންނަނީ)




