މިދިޔަ އަހަރު ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި ކައިވެނި ކުރި ، ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާނާ ހުރީ ފުރަތަމަ ދަރިފުޅަށް ބަލިވެކަމަށް ޙަބަރުތައް ފެތުރެން ފަށައިފިއެވެ.
ސޯފީ ބަނޑު ބޮޑުކަމަށް، އޭނަ އާއި ގާތްފަރާތްތަކުން މީޑިއާއަށް ވަނީ ޔަގީންކޮށްދީފައިކަމަށް ހޮލީވުޑްގެ ޙަބަރުތައް ބުނާއިރު، މިއިން އެއްވެސް ވާހަކައަކަށް އަދި މި ދެމަފިރިން ޖަވާބެއް ދީފައެއްނުވެއެވެ. އެހެންނަމަވެސް ސޯފީ އާއި ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިންގޮތުގައި، މެ ދެމަފިރިން މި ވާހަކަ އުޅެނީ ވަރަށް ސިއްރުކޮށްގެންނެވެ. ނަމަވެސް ދެމަފިރިންގެ އާއިލާއާއި ރައްޓެހިންނަށް މި ޙަބަރު އިނގޭކަމަށާއި، ހުރިހާ އެންމެންވެސް ހުރީ ވަރަށް އުފަލުންކަމަށް މި ފަރާތުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް އެކި އެކި އިވެންޓްތަކާއި ހަފްލާތަކަށް ސޯފީ ލާ ހެދުންތައްވެސް ހަށިގަނޑަށް އަންނަ ބަދަލުތައް ނޭނގޭނެ ގޮތަށް ލާ ކަމަށްވެސް އެހެން ފަރާތަކުން މީޑިއާއަށް ވަނީ ހިއްސާކޮށްފައެވެ.
23 އަހަރުގެ ސޯފީީ، އާއި ޖޯ، 30، ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. އަލަތު ކައިވެންޏަށްފަހު އެ ދެމަފިރިންގެ ހަނީމޫނަށް އައިސްފައިވަނީ ދިވެހިރާއްޖެއަށެވެ.
ގޭމް އޮފް ތްރޯންސް އިން ވިދާލި ސޯފީ އެންމެ ފަހުން ފެނިގެންދިޔައީ މާވެލްގެ އެކްސް.މެން ސީރީޒްގެ ފިލްމް "ޑާކް ފީނިކްސް" އިންނެވެ.





