މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ ދިނުމުގެ މައްސަލާގައި މަޖިލީހުގެ ކުރީގެ މެންބަރު ނިހާން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތުހުމަތު ކުރައްވައިފިއެވެ.
އެގޮތުން ރައީސް ނަޝީދަށް އިޝާރާތްކުރައްވައި ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލިއަކަށް މި ކަން ނިންމަން މަނިއްޕުޅު އަވަސްވެގަތް ސަބަބު ހޯދަން އެބަޖެހޭކަމަށެވެ.
"ރަށުތެރޭ ކިޔާ އަޑު އެބަ އިވޭ ޓީއެމް އޭ އިން އަންނިގެ އަރިސް ބޭރުގެ ކޮންސަލްޓަންޓް އެއް ގެނެސް ޑީލް ހެދީ ކަމަށް." ރައީސް ނަޝީދަށް ތުހުމަތު ކޮށް ނިހާ ވިދަޅުވެފައިވެއެވެ.
މީގެ އިތުރުންވެސް ނިހާން ވަނީ މިހާވަރަކަށް ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ނުދެވިގެން ނަޝީދު އުޅޭ ސަބަބު ދެނެގަންނަށް ޖެހޭކަމަށް ވިދާލުވެފައެވެ.
ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދިނުމުގެ މައްސަލާގައި ނަޝީދު ވިދާޅުވެފައިވަނީ ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް މިކަން ނިންމަން ޖެހޭ ކަމަށާއި މިކަން އަވަހަށް ނުނިންމައިފިނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށެވެ.
މިކަމުގައި ރައީސް ނަޝީދު އިޝާރާތް ކުރައްވާފައި ވަނީ ކުރީގެ ސަރުކާރުން ޓީއެމްއޭއާ މެދު ސިޓީއަކުން ހިނގި މުއާމަލާތަކަށެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެފައި ވަނީ ސިޓީއަކުން ހިންގި އެ މުއާމަލާތަކީ އެއްބަސްވުމެއް ނޫން ކަމަށާއި އެހެންކަމުން ދައުލަތުން އެކަމުގައި ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށެވެ.
މި މައްސަލާގައި ޒިންމާ ނަގަން ޖެހޭނީ ކުރީގެ ސަރުކާރު ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



