15 އަހަރުގެ ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކޮށްފި

ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދެކުނުގެ ރަށެއްގައި ބިދޭސީއެއް ހައްޔަރު ކޮށްފައިވޭތޯ މި މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ސައުރު ޕޮލިސް ޑިވިޜަން ގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް 40 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް 2020 ފެބުރުވަރީ 11 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން 2020 ފެބުރުވަރީ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތު ޖަހައިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލަ ތަކުގައި އެކުދިންގެ އައިޑެންޓީޓީ ރައްކާތެރި ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުއްޖާގެ އަތޮޅާއި ރަށް ހާކަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ތަޙްޤީޤު ކުރަމުން ދާކަމުގައި ފުލުހުން ވަނީ ވިދަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ