ހައިވޭގައި ކުރިން ހިނގާފައިވާ އެކްސިޑެންޓެއް - ފައިލް ފޮޓޯ

ހައިވޭގެ ޓްރެފިކް ލައިޓް ކައިރީ އެކްސިޑެންޓްއެއް ހިނގައިފި

ހުޅުމާލެ އިން މާލެއަށް އަންނަ ހައިވޭގެ ޓްރެފިކް ލައިޓް ކައިރިން ޓެކްސީ އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްއެއް ހިނގައިފިއެވެ.

ފުލުހުން ވިދާލުވީ ހައިވޭގެ ޓްރެފިކް ލައިޓް ކައިރިން ޓެކްސީ އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވި މައްސަލައެއް މިއަދު 09:10 އެހާކަންހާއިރު ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އެމީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެމީހާއަށް ހޮސްޕިޓަލަށް ގެންގޮސްފަރުވާ ދެވިފައިވާއިރު ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މި އެކްސިޑެންޓްގައި ޓެކްސީ ދުއްވަން އިނީ 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ދެ އުޅަނދު ދުއްވަން ތިބި ދެ މީހުންގެ އަތުގައިވެސް އެއްގަނމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތްކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ