ކ. މާފުށީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެ އެވެ.
:ެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން މިހާރު އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރި ވަމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް މިކަމާއި ބެހޭ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:12 އެހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު މާފުށި ކުޑަކުދިންގެ މަރުކަޒުގައި ޓިނުން ހަދާފައިވާ ތަނެއްގައި ހިންގި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
Miadhu hendhunu Maafushi kudakudhinge marukazugai tinun hadhaafaiva thanehgai hingi alifaanuge haadhisa gai alifaangandu control kurumugai #MaafushiPolice harakaaiytheri vefaivey. pic.twitter.com/HR8xy6xWdZ
— Maldives Police (@PoliceMv) February 14, 2020
އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު މާފުށީ ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ޓީމާއި ބައެއް ރައްޔިތުން ހަރަކާތްތެރިވެފައި ވެއެވެ.




