ލޯބިވެރިންގެ ދުވަހުގެ، އިލްޔާސްގެ ބޮޑު ދަރުސް "އިސްރާއާއި މިއުރާޖު" މިރޭ

ރާއްޖޭގެ މައްޝޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިންގެ ގެ ބޮޑު ދަރުސްއެއް ލޯބިވެރިންގެ ދުވަހު ބާއްވަން ހަމަޖައްސަވައިފިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވަމުން އަންނަ އިލްޔާސް، ލޯބިވެރިންގެ ދުވަހާއި ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްސަ ދަރުސްގެ މަޢުލޫއަކީ "އިސްރާއާއި މިޢުރާޖް" އެވެ.

އަދާލަތު ޕާޓީން ވަނީ މިދިޔަ އަހަރުވެސް ފެބުރުވަރީ 14 އާއި ދިމާކޮށް ކާމިޔާބު އިވެންޓަށް ބާއްވާފައެވެ. އެގޮތުން އެ ޕާޓީން ކުރިން ވަނީ މިއަރުވެސް ލޯބިވެރިންގެ ދުވަހާއި ދިމާކޮށް އިލްޔާސްގެ ޚާއްސަ ދަރުސްއެއް ބާއްވާނެކަން އިޢުލާނު ކޮށްފައެވެ.

އަދާލަތު ޕާޓީން ވިދަޅުވެފައިވަނީ މި ޚާއްސަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އަލިމަސް ކާނިވަލުގައި ކަމަށެވެ.

މި ދަރުސްއާއި ގުޅިގެން ޝެއިޚް ވިދާޅުވެފައިވަނީ، މި ދަރުސްގައި ދީނުގެ އަދުއްވުން އުފައްދާ ޝައްކުތަކަށާއި އަދި މި ނޫސްވެސް ވަރަށްގިނަ ސުވާލުތަކުގެ ޖަވާބު، ﷲ ގެ އިރާދަފުޅާއެކު ލިބިގެން ދާނެކަމަށެވެ. ޝެއިޚް ވަނީ މިދަރުސް ކަނުލައި އަޑުއެއްސެވުމަށް، ދަރުހަށް ވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.

އިސްރާއާއި މިއުރާޖުގެ ޙާދިސާވެގެން ދިޔައީ އިސްލާމުންނަށް ކުރިމަތިވި ވަރަށް ބޮޑު ޙާދިސާއަކަށެވެ. މި ޙާދިސާގެ ސަބަބުން އިސްލާމުންނާއި މުނާފިޤުން ވަކިވެގެން ދިޔައެވެ. އަދި މިޢުއްމަތަށް ފަރުޟު ކުރެއްވުނު އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ނަމާދުވެސް ފަރުޟު ކުރެއްވީ މި ދަތުރުފުޅުގައެވެ. މީގެ އިތުރުންވެސް އެތައް ކަމެއް މިހާދިސާގެ ތެރޭގައި ހިނގާގޮސްފައިވެއެވެ.

އަލްމަސްޖިދުލް ހަރާމްއިން އަލްމަސްޖިދުލް އަޤުޞާއަށް މާތް ނަބިއްޔާ އިސްރާގެ ދަތުރުފުޅު ކުރައްވައި، އަދި މަސްޖިދުލްއަޤުޞާއިން މަތިވެރިވެގެންވާ އުޑުތަކަށް މިއުރާޖު ކުރެއްވުނު ހާދިސާހިނގީ ރަޖަބުމަހުގެ 27 ވިލޭރޭގައި ކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ