ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން ވިދާޅުވީ، އަމީނީމަގު މީރާ ކުރިމަތީ ގޯޅިގަނޑުގައި ބިދޭސީން މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު މެންދުރުފަހު 03:45 ހާއިރު ރިޕޯރޓްކޮށްފައިވާކަމަށެވެ.
މިމާރާމާރީގައި އެކަކުގެ ބޯފަޅައިގެން ގޮސްފައިވާއިރު، އިތުރު ބިދޭސީއެއްގެ ކޮނޑުހުޅަށް އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމާރާމާރީ ހިނގަންމެދުވެރި ސަބަބު ފުލުހުން ހާމަކޮށްފައިނުވާއިރު، މިދިޔަ ހަފްތާ ތެރޭގައިވެސް ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ.
ފުލުހުންދަނީ މިމާރާމާރީއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.



