ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް މޫސާ މަނިކު، ޖޯޖިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ޗެއަރމަންއާ ބައްދަލުކުރައްވައިފިއެވެ.
ރީކޯ މޫސާ މަނިކު ޖޯޖިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ޗެއަރަމަން އާ ބައްދަލު ކުރެއްވީ، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 އަށް ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ، އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން(އައިޕީޔޫ)ގެ 140 ވަނަ އެސެމްބްލީގެ ހަވާސާގައެވެ.
އެސެންބްލީގެ ހަވާސާގައި ބާއްވާ އައިޕީޔޫގެ ބައްދަލުވުންތަކުގައި ދިވެހި ވަފުދުން ބައިވެރިވެވަޑައިގަންނަވާއިރު، މިފަހަރު ބާއްވާ އައިޕީޔޫގެ 140 ވަނަ އެސެމްބްލީގައި 160 ޤައުމެއްގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންނާއެކު، ގާތްގަނޑަކަށް 1600 މަންދޫބުން ބައިވެރިވެވަޑައިގަނަވައެވެ.
އަައިޕީޔޫގެ 140ވަނަ އެސެމްބްލީގެ ހަވާސާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް މޫސާ މަނިކު ޖޯޖިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ޗެއަރމަންއާ ބައްދަލުކުރައްވައިފި pic.twitter.com/C4Cn6UNViA
— People's Majlis (@mvpeoplesmajlis) April 8, 2019
ދިވެހި ވަދުފުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން ހޮޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ އާމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގަންނަވައެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެސެމްބްލީގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްވަރާކުރާ މައުޞޫތަކުގެ ތެރެއިން، ދުނިޔޭގެ ސުލްޙައަށް މަސައްކަތްކުރުމާއި ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާއި އިންސާނީ ހައްޤުތަކާބެހޭ ގޮތުންނެވެ.




