ރަށްވެހި ފަތިސް: ނޭންގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް - އަލްހާން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރަމުން އަންނަ މައި ޕާޓީ އެމްޑީޕީގެ ކެމްޕެއިންގައި ބޭނުން ކުރަމުން އަންނަ "ރަށްވެހި ފަތިސް" ގެ މާނަ ނޭނެގުނު ކަމަށް، މާލޭ ސިޓީގެ މޭޔަރ ކަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާނެ ކަން އިޢުލާން ކުރައްވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" އަކީ މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އިން ބޭނުން ކުރަމުން އަންނަ ސްލޯގަންއެވެ. އެޕާޓީން މިއަދު ވަނީ "ރައްވެހި ފަތިސް" ކެމްޕެއިން ޕޯސްޓަރ ހަރުކުރުމުގެ ހަރާކާތް ރަސްމީކޮށް މުޅި ރާއްޖޭގައި ކުރިޔަށް ގެންގޮސްފައެވެ.

މި ހަރަކާ މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައިވާއިރު، މާލޭގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއާއި ރައީސް ނަޝީދު "ރަށްވެހި ފަތިސް" ގެ ކެމްޕެއިން ޕޯސްޓަރެއް ހިއްޕާ މަންޒަރު ޓްވީޓް ކުރައްވަމުން އަންހާން ވިދާޅުވެފައިވަނީ "ނޭނގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް!" މިހެންނެނެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާން ނިންމާފައިވާ، އަލްހާން އަކީ އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ