ޕީޓްރަލް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ މިރޭ 22:26 ހާއިރު ބުރުޒު މަގު ޕީޓްރަލް ކައިރީގައި އެކްސިޑެންޓު ހިނގާފައި ވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މިއެކްށިޑެންޓު ހިނގީ ދެ ސައިކަލް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި ދެ ސައިކަލްގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި މީހުންނަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
މަންޒުރު ދުށް މީހުން ބުނީ އެކްސިޑެންޓުގައި ސައިކަލްގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.




