ސްޕެނިޝް ލަލީގާގައި ރޭ ގެޓަފޭއަތުން ބާސެލޯނާ މޮޅުވިނަމަވެސް އެއާއެކު އެކްލަބަށް ލިބިގެން ދިޔައީ ވަރަށް ހިތާމަވެރި ޚަބަރެކެވެ.
ކޭމްޕްނޯގައި ރޭ ކުޅެވުނު މެޗު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކުރިއިރު. މެޗު ނިމިގެން ދިޔައީ ބާސެލޯނާގެ ފަހަތަށް ކުޅެމުން އަންނަ ޖޯޑީ އަލްބާއަށް އަނިޔާވެ، ކުރިއަށް ދެމެޗު ނުކުޅެވުމުގެ ބިރާއެކުގައެވެ. މިއީ މިސީޒަންގައި އަލްބާއަށް ކުރިމަތިވި 3 ވަނަ އަނިޔާއެވެ. މީގެކުރިން ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އަލްބާއަށް މިހާރުވެސް 10 މެޗު ގެއްލިފައިވެއެވެ.
ބާސެލޯނާއަށް ކުރިއަށް ދެމެޗަކީ ލަލީގާގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އީބާ އާއި ދެކޮޅަށް ކުޅޭ މެޗާއި، ޗެމްޕިއަންސް ލީގު ގަދަ 16 ގައި ނަޕޯލީއާއި ދެކޮޅަށް ކުޅޭ މެޗެވެ. ނަޕޯލީއާއި ދެކޮޅަށް ބާސެލޯނާ ނުކުންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.
⚠️ INJURY UPDATE | Tests have confirmed that Jordi Alba has an injured right adductor. He is out and his recovery will determine his availability. pic.twitter.com/jeyltdYUWM
— FC Barcelona (from ?) (@FCBarcelona) February 15, 2020
މިސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ބާސެލޯނާއަށް ކުރިމަތި ވެފައިވާއިރު، ލުއިސް ސުއަރޭޒް ދާދިފަހުންކުރި ކަކުލުގެ އޮޕަރޭޝަނާއެކު އޭނާއަށް މިސީޒަންގެ ބާކީބައި ނުކުޅެވޭނެއެވެ. އަދި ޑެމްބެލޭ އަނިޔާ އިތުރަށް ގޯސްވެ، އޭނާވަނީ 6 މަސް ދުވަހަށް ކުޅުމާއި ދުރަން ދާންޖެހިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ގެޓަފޭއިން ލަނޑެއް ޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު މިލަނޑު ކެންސަލްކުރީ ލަނޑު ޖެހުމުގެ ކުރިން ގެޓަފޭގެ ޑިފެންޑަރު ންޔޯމް ބާސެލޯނާގެ ޑިފެންޑަރު އުމްޓިޓީއަށް ފައުލްކޮށްފައިވާތީއެވެ.
މެޗުގެ 33 ވަނަ މިނަޓްގައި ބާސެލޯނާގެ އެންޓޮއިން ގްރިޒްމަން ބާސެލޯނާއަށް ލިޑު ނަގައިދިންއިރު، ގެޓަފޭގެ ކީޕަރު ސޯރިއާ ޑައިބް ކުރިވަގުތު މަތިން އެއްލައި ކާމިޔާބުކުރި މިލަނޑަކީ މެސީގެ ޕާހަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަ މިނަޓްފަހުން ފިރްޕޯ ހުރަސްކޮށްދިން ބޯޅަ އޭރިއާ ތެރޭ ހުރެފައި ގޯލްގެ އަރިމަތީ ކަނަށް ފޮނުވާލި ބާރު ބޯޅައާއެކު ސާޖިއޯ ރޮނާޓޯ ބާސެލޯނާއަށް ލީޑު އިތުރަށް ފުޅާކޮށްދިނެވެ. މިނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ބާސެލޯނާ ކުރީގައި އޮވެއެވެ.
މެޗުގައި ގެޓަފޭއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޭޒްއެވެ.
ރޭގެ މޮޅާއެކު އެއްމެޗު އިތުރަށްކުޅެ ބާސެލޯނާވަނީ ވާދަވެރި ރެއަލްމެޑްރިޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. އެހެންނަމަވެސް ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.



