ވަގަށް ނަގާފައިވާ ކާރު ބެޓެރިއަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ކާރު ބެޓެރިއަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 06:10 ހާއިރު ހުޅުމާލެ އެސްޓީއޯ ފިހާރަ ކައިރީ ހުރި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލާ ފާސްކުރިއިރު އެމީހާގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ކާރެއްގެ ބެޓެރީއެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި އެމީހާ ހައްޔަރުކޮށް ފުލުހުން ދަނީ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކާރެއްގެ ބެޓެވީ ވަގަށް ނެގި މީހަކު ހުޅުމާލެއިން ހައްޔަރުކުރިއިރު، ޕާކްކޮށްފައި ހުންނަ އުޅަނދުފަހަރުގެ ބްޓެރީ ވަގަށް ނަގާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ