ޒޭން މަލިކް އާއި ޖިޖީ ހެޑިޑް އަލުން ގުޅުނުކަން ކަށަވަރުކޮށްދީފި

ކުރީގެ ދެ ލޯބިވެރިންކަމުގައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް އަދި މޮޑެލް ޖިޖީ ހަޑިޑް އަލުން ރައްޓެހިވެގެން އުޅޭކަމުގައި ޙަބަރުތައް މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ ފެތުރިފައެވެ. މި ޙަބަރުތައް ފެތުރިފައިވަނިކޮށް، ދެ މީހުން އުޅެނީ އަލުން ގުޅިގެންކަން ޖިޖީ މި ވަނީ ދިޔަ ލޯބިވެރިންގެ ދުވަހު އެއްމެނަށް ޔަޤީންކޮށްދީފައެވެ.

ލޯބިވެރިންގެ ދުވަހު، ޖިޖީ އޭނަގެ ދެވަނަ އިންސްޓަގްރަމް އެކައުންޓުގައި ޒޭން ގެ ފޮޓޯ އާއެކު ކުރި ޕޯސްޓެއްގައި ޒޭން އާއި އަލުން ޑޭޓް ކުރާކަން ވަނީ ޔަޤީންކޮށްދީފައެވެ. އެގޮތުން އެ ފޮޓޯގެ ކެޕްޝަންގައި ޒޭން އަކީ އޭނަގެ ވެލެންޓައިން ނުވަތަ ލޯބިވެރިޔާ ކަމަށް ދޭހަވާ ގޮތަށް ވަނީ ކެޕްޝަން ގައި ލިޔެފައެވެ.

މީގެ ކުރިން އަބަދުވެސް ރުޅިވުމަށްފަހު އަލުން ގުޅޭ މި ދެ ބައިވެރިން، އަނެއްކާވެސް ރައްޓެހިވިކަމުގެ ޙަބަރުތައް ފެތުރުނީ، މިދިޔަ މަހު ނިއުޔޯކު ސިޓީގެ މަގުމަތީގައި ޒޭން އަދި ޖީޖީ އަތުގުޅާލައިގެން ހިނގާފައިދާ ފޮޓޯއެއް އާއްމުވުމާއެކުއެވެ.

View this post on Instagram

HEY VALENTINE Z on the farm ♡ Dec 2019

A post shared by Gi’sposables ? (@gisposable) on

މީގެ އިތުރުން މިދިޔަ ހަފްތާގައި ޖިޖީ، އޭނަގެ އިންސްޓަގަރްމަ ސްޓޯރީގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއްގެ ސްނެޕެއްވެސް ވަނީ ލާފައެވެ.

މި ދެތަރިން އެންމެ ފުރަތަމަ ޑޭޓް ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުންވެސް ދެތިން ފަހަރަކު ދެމީހުން ރުޅިވިކަމުގެ ހަބަރުތައް ފެތުރުނުއިރު، ދެމީހުން ރުޅިވިކަން ރަސްމީކޮށް އިއުލާންކުރީ 2019 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ.

އެހެންނަމަވެސް ދެމީހުންގެ ލޯބީގެ ގުޅުން ނިއްމާލުމަށްފަހުވެސް، ދެމީހުންގެ އެކި ކަންކަމުގައި ދެމީހުންވެސް އެކަކު އަނެކަކަށް ދިޔައީ އެހީވަމުންނެވެ.

ޖީޖީއަކީ ނެދަރލެންޑްސްއަށް އުފަން ޔޮލޭންޑާ އަދި ފަލަސްތީނަށް ނިސްބަތްވާ މުހައްމަދު ހަދީދުގެ ކުއްޖެކެވެ. އަދި ޒޭންއަކީ އިނގިރޭސި ޓްރިޝާ ބްރެނަން މަލިކްއާ ޕާކިސްތާން- އިނގިރޭސި ޔާސިރު މަލިކްގެ ކުއްޖެކެވެ. ޖީޖީ ގެ އުމުރަކީ 24 އަހަރެވެ. އަދި ޒޭން ގެ އުމުރަކީ 27 އަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ