"ހަނާ" ގެ މޭކިން ދައްކާލައިފި

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް އަހްމަދު އިބްރާހީމް(އަމްޖޭ) ޑައިރެކްޓްކުރި ވެބް ސީރީޒް “ހަނާ” ގެ މޭކިން ވީޑިއޯ ދައްކާލައިފިއެވެ.

މި ވީޑިއޯ މިހާރު ބައިސްކޯފަށް ލާފައިވާއިރު، ވީޑިއޯއިން ސީރީޒްގެ މަންޒަރުތަށް ނެގުމަށް ކޮށްފައިވާ މަސައްކަތުގެ އިތުރުން، އެކްޓަރުން މި ސީރީޒްއާއި ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ.

މި ސީރީޒްގެ ޓްރެއިލާއެއްވެސް މިހާރު ނެރެފައިވާއިރު، މި ސީރީޒްގެ ގެ ޓައިޓްލް ރޯލް ކުޅެފައިވަނީ މީގެ ކުރިން ބައެއް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިފައިވާ އަދި މީގެ އަހަރުތަކެއް ކުރިން މަޝްހޫރުވި ވީޑިއޯ ލަވަ “ޖާދުގަ ޖެހޭނޭ” ލަވައިން ފިލްމީ ދާއިރާ އަށް ތައާރަފުވި ބަތަލާ މަރިޔަމް ނޫރާއެވެ.

ތިނެސްކަން ލޯބީގެ ޑްރާމާ ފެނިގެންދާނެ މި ސީރީޒްގެ އިތުރު ތަރިންނަކީ، އަލީ އާޒިމް(ދޮން އައްޔަ)، އިބްރާހިމް އަމްޖަދް(ޖިމީ)، އަދި ޒީނަތު އައްބާސްއެވެ. އަދި މީގެ އިތުރުންވެސް މި ދާއިރާއަށް އަލަށް ތައާރަފްވާ ތަރިންވެސް ފެނިގެންދާނެއެވެ.

ޖުމްލަ 13 އެޕިސޯޑުގެ މި ސީރީޒް އަކީ، ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ ސީރީޒްއެކެވެ. އަދި ސީރީޒްގެ ވާހަކަ ލިޔެފައި ވަނީ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.

"ހަނާ" ފެށެން މިހާރު ކުޑަ ދުވަސްކޮޅަކަށް މިވަނީވެފައެވެ. މި ސީރީޒް ބައިސްކޯފުން ދައްކަން ފަށާނީ، މި މަހު 27 ވަނަ ދުވަހުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ