ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީ ތަކަށް ބަލާއިރު އެންމެ ކާމިޔާބު ޕާޓީއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި އޮތް އެހެން ސިޔާސީ ޕާޓީ ތަކާއި ވަރަށްވެސް ތަފާތު ޕާޓީ އެކެވެ. ސިޔާސީ ހަރަކާތްތައް ހިންގުމުގައި ހާއްސަކޮށް ކެމްޕެއިން ތަކުގައި އެމްޑީޕީ އާއި ވާދަކޮށްލުމަކީ އުނދަގޫ ކަމެކެވެ.
އާންމުކޮށް އިންތިޚާބެއް ބޯމަތިވުމުން އެމްޑީޕީގެ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އެންޓި ކެމްޕެއިން ކުރެއެވެ. ދެން ކުރިޔަށް މިއޮތީ ލޯކަލް ކައުންސިލް އިންތިޚާބެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމަކުން ހިންގުމަކީ އެމްޑީޕީގެ ތަސައްވަރެކެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިއެއް ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އެމްޑީޕީން ރަސްމީކޮށް ނުފެށި ނަމަވެސް ކެމްޕެއިން ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތެއްވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވައިފައެވެ.
ކުރިޔަށް މިއޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ނުދެއްވާނެކަމަށް ވިދާޅުވެ މީސް މީޑިއާގައި ގިނަބަޔަކު ދަނީ ކެމްޕެއިން ކުރަމުންނެވެ. ޚާއްސަކޮށް ރިސޯޓު ތަކުގައި މަސައްކަތް ކުރައްވާ އެމްޑީޕީއަށް ސަޕޯޓު ކުރާ ގިނަ ޒުވާނުން ދަނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ އެއްވެސް ކެނޑިޑޭޓަކަށް ވޯޓުދެވެން ނެތްކަމަށް ވިދާޅުވެ މީސް މީޑިއާގައި އަޑު އުފުލަމުންނެވެ. މިކުދިން އަޑު އުފުލަމުންދަނީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅުއްވާފައިވާ ބިލާއި ބެހޭ ގޮތުންނެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާ އެއްވެސް މީހަކަށް ވޯޓުދެވެން ނެތް ވާހަކަ ވަރަށް ހިމާތަޔާއިއެކު ދަންނަވާ ކަމަށް ވިދާޅުވެ ރިސޯޓު ތަކުގައި މަސައްކަތް ކުރާ ގިނަ ޒުވާނުން ދަނީ މީސް މީޑިއާގައި ބުނަމުންނެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ނިކަމެތިކަން ލިބޭގޮތަށް އިސްލާހުތައް ހުށައެޅުމާއި މިނިމަމް ވޭޖުގެ ހުވަފެން ދައްކާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ގުނބޯ ހައްދަމުން ދިޔުމާއި ބައިވަރު ކަންކަމާއި ހުރެކަމަށެވެ. މަޖިލިސް ސުޕަރ މެޖޯރިޓީ ލިބި ދެންވެސް ލިބެންއޮތް މެޖޯރިޓީއެއް ލިބި ކަމެއް ނުވާ ބަޔަކަށް ކައުންސިލްގެ މެޖޯރިޓީ ލިބިގެން ވާނެ އެއްވެސް ފައިދާއެއް ނުވާނެކަމަށް މިކުދިން ބުނެއެވެ.
ހައްޤު މިންވަރު ހޯދުމަށް އަޑު އުފުލުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. ނަމަވެސް މިކަމާއި ގުޅުވައިގެން އެމްޑީޕީއަށް ވޯޓު ނުދޭން ބުނުމަކީ އަދި އެންމެ ޒިންމާދާރު ގޮތް ކަމަކަށް ގަބޫލެއް ނުކުރަމެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިރާއްޖެއަށް ގެނަސްދިނީވެސް އެމްޑީޕީން ކުރި މަސައްކަތުންނެވެ. އެހެންކަމުން ހިޔާލު ފާޅު ކުރުމަކީވެސް މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ވާނުވާ އިނގެން އެބަޖެހެއެވެ. އަމިއްލަ ސިކުނޑިން ވިސްނާށެވެ. އަޅުގަނޑުމެން ތަރައްޤީގެ ވާހަކަ ދައްކަވާއިރު ރައީސް ނަޝީދު ބުނާހެން އެންމެ ފުރަތަމަ ތަރައްޤީ ވާން މިޖެހެނީ ރައްޔިތުމީހާގެ ވިސްނުމެވެ.
މަޖިލީހަށް ހުށައެޅިފައިވަނީ ބިލެކެވެ. ބިލު ފާސް ކުރުމުގެ ކުރިން އަދި އިތުރު މަރުހަލާތަކެއް އެބައޮވެއެވެ. އެގޮތުން ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމެޓީއަށް އެބަ ފޮނުވައެވެ. ކޮމެޓީއިން ބިލު ދިރާސާކޮށް ގެންނަން ފެންނަ އިސްލާހުތައް ގެނަސް މަޖިލިސް ތަޅުމަށް ބިލު ފޮނުވާނެއެވެ. އޭގެ ފަހުން މަޖުލިސް ތަޅުމުގައި ބިލާއި ބެހޭގޮތުން ބަހުސްކޮށް ބިލަށް އިސްލާހު ހުށައެޅުމުން އެ ހުށައެޅުންތަކަށް ވޯޓަށް އަހައި ބިލު ފާސް ކުރާނީ އޭގެ ފަހުންނެވެ.
ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅުއްވާފައިވާ ބިލުގައިވާ ބެއެއް ކަންތައްތަކަށް ތާއީދު ނުކުރައްވާކަމަށް މަޖިލިސް ގިނަ މެމްބަރުން ތަކެއް މިހާރުވެސް ވަނީ ވިދާޅުވެފައެވެ.
"ތިބޭފުޅުންނަށް ފަހަރުގައި ހަނދާނަށް އަތުވެދާނެ މިސާލަކަށް ލާމަރުކަޒީ ޤާނޫނު މިމަޖިލީހަށް ފޮނުވުނު ގޮތާއި ފާސްވެގެން ނިކުތް ގޮތް. 279 އިސްލާހާއެކީގައި ލާމަރުކަޒީ ޤާނޫނު ފާސްވެގެންދިޔައީ. މިހެން މިދަންނަވާ ސަބަބު މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ. ވަޒީފާގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައި އެބަވޭ. ސަރުކާރުން ހުށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަވްތެވަޑައިގަންނަވާ ޕާޓީގެ މެމްބަރެއް މެދުވެރިކޮށް އެހެންވީމާ މެމްބަރު އެހުށަހަޅުއްވަނީ ސަރުކާރުން އެބިލް މިތަނަށް ހުށަހަޅަން ބޭނުންވެވަޑައިގަންނަވާ ގޮތަށް މިތަނުން ފާސްކުރަނީ މެމްބަރުން އެކަމަށް މަޝްވަރާކުރައްވާފައި ބަހުސްކުރައްވާފައި. އަދި ޚިޔާލު ހޯއްދަވާފައި. މުޅި ރާއްޖޭގެ ހުރިހާ ކަންކަމަކަށް ވިސްނަވާފައި" މަޖިލިސް ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ.
އެހެން އެއްވެސް ޕާޓީ އަކުން ނުވަތަ ސަރުކާރަކުން މަސައްކަތްތެރިންގެ ހައްޤުގައި ކޮން އަޑެއްތޯ އުފުލީ އަދި ކުރީ ކީއްތޯވެސް ބަލާލުން މުހިންމެވެ. އެހެން ބަޔަކު މަސައްކަތްތެރިންގެ ހައްޤުގައި ކުރިކަމެއް ފެންނާކަށް ނެތެވެ. މިނިމަމް ވޭޖުގެ ވާހަކަ ދެއްކީވެސް އެމްޑީޕީން ނެވެ. އެހެންބަޔަކު މިވާހަކަ ދައްކައި މިކަން ކުރިނަމަ އެބަޔަކަށް ވޯޓު ދިނުމަކީ ގޯސް ކަމެއް ނޫނެވެ. ސަރުކާރުން މިހާރު ބުނެފައިވަނީ މި ފެބްރުއަރީ މަހުގެ ތެރޭގައި މިނިމަމް ވޭޖު އިޢުލާން ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ހައްޤުގައި އެހެން ބަޔަކު ކަމެއް ކުރިތަނެއް ފެންނާކަށް ނެތެވެ. މި ރާއްޖެއަށް ދަތުރު ފަތުރުގެ ނިޒާމެއް ތައާރަފު ކުރުމާއި ހިލޭ ބޭސްފަރުވާ ކުރުވޭނެ ނިޒާމެއް ގާއިމު ކުރުމާއި އެކަނިވެރި މައިންނާއި އުމުރުން ދުވަސްވީ މީހުންނަށް އުޖޫރައެއް ދޭން ފެށީ އެމްޑީޕިގެ ސަރުކާރަކުންނެވެ. އިތުރު ބަޔަކު ރައްޔިތު މީހާއަށް ފައިދާއެއްވާގޮތަށް ކުރީ ކޮންކަމެއްތޯ އަމިއްލަ އަށް ވިސްނާލުން ރަނގަޅެވެ. ބަޔަކު މީހުން ކުޅޭ ސިޔާސީ ކުޅީގައި ނުޖެހޭށެވެ.
ޕްރޮބޭޝަންގެ މުއްދަތު ހަމަސް ދުވަހަށް އިތުރުކުރުމާއެކު ސާވިސް ޗާޖު ލިބުމާއި ސަލާން ބުނުމުގެ އޮނިގަނޑަށް ބަދަލު ގެނެސް މެޑިކަލް ނެތި ސަލާން ވެސް ނުބުނެވޭ ގޮތަށް ގާނޫނު ބަދަލުކުރުމާއި މަޖިލީހުގެ ގިނަ މެމްބަރުން ދެކޮޅެވެ. ބިލު ފާސްވެގެން އަންނާނީ ރައްޔިތުން އެދޭގޮތަށް ބަދަލު ގެނެވިގެން ކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ.




28 Responses
މިލިއުނު ކިޔާލާފަ އަޖައިބު ވެއްޖެ، މޱޕ ފަދަ ގޮތްކުޱަ ބަޔަކައް ސަޕޯޓްކޮއްފަ ލިޔެފަ އޮތީމަ. ރައްޔަތުންގެލާރި ސެޓްލްމަންޓޜ ކިޔާ ފޭރޭ އިރު، ކޮންމެފަހަރަކު ވެރިކަމައް އައިސް، ގައުމު ދަރުވާލީމަވެސް… ޕިސްޕޮސް.
ފަސްޓް އިމްޕްރެޝަން އިޒް ލާސްޓް އިމްޕްރެޝަން. ފުރަތަމަ ބިލް ހުށައެޅިއިރު އެގޮތަށް ހުށައަޅާނީވެސް އެމީހުންނާމެދު ނުވިސްނާތީނު
އަހަންނަކީ އެމް.ޑީ.ޕީ މީހެއް އެކަމަކު އަހަރެން އަންނި އަށް ބުނާނީ ”ނޫނެކޭ“
MDP akee laadheenee mu**a in…
Noosverikan midharaja ah dhiyaima noosveringe fenvaru vara furihama ah haamavey. Journalismge ethics ge emme akurevves noosveriya kiyaafai nuvaakan engey. Vara salaam.
ދޮގާ މަކަރާ އޮޅުވާލައިގެން ކެންޕޭން ކުރަނީ
ހިސާބައްވުރެބޯގަޅިމީހުން ރާއްޖޭގަ ގިނަ ވީ މަ ކާމިޔާބު ވަނީ އެމްޑީޕީއަށް
MDP ނިކަން ކެރެންޔާ ލޯކަލް ކައުންސިލް އިންތިހާބް ކުރިން މިނިވަން ވޭޖް ބިިލްް ފާސް ކޮއްދެއް ވަންވީނުން
Kaleymen Anni fahathun enbureyha dhuvahehga mdp ah vote eh nudheynan.
Rayyithu meehaage ihsaas nudhanna bayakah kureveyne noosverikameh . noan naane.nikan kreynama mi coment jahaala bala. Anni akee mithanuge aguvattaalaa islaamdheenah furahsaara kuramun dhuvaameeheh. Kon laamararu jazee ey minivan veyjey musaara ey kiyaakah. Munaafigun mdp ga thibee. Dhuvshskuves bshaai amalu dhima leh nuvaane. Dhivehirayyithun ge khazaanaa emeehunge jeebah alhaa furaifi. Nanvaanee yaameen. Midhen kihaabodu jokeh. Aharemen mu ulhenee mihaaru angayaa athaa dhimaanuvegen. Bodethi bajetuthah kanda alhaa paatee kudhin nah dhee mulhi qaumu dhavaalaafi.feshu mi noos mee mdp ge goiy peh. Ehenvegeneh nu lolah fenna kan kan nuvaakanthakah hadhaigen rayyithun gunboa hahdhan mi ulhenee.
މީހުން ގަޅި ހެއްދޭނީ ވަކިވަރަކަށް ، އެމްޑީޕީ އަށް ވޯޓް ލާން ޖެހޭ ސަބަބެއް ނެތް ،ސުޕަ މެޖޯރިޓީ ދިނީމަވެސް ވީކަމެއް ހަރާން ، ރައްޔިތުންނަށް ކުރަނީ ދުއްތުރާ. ނަޝީދު އަށް އެމްޑީޕީގެ ބޮޓުންތައް ސަނާ ކިޔަސް އެންމެން ނުކިޔާނެ ދޯ.
ސަރުކާރަކީ އެމްޑީޕީ އަދި މަޖިލީހަކީވެސް އެމްޑީޕީ. ދެން ބިލް ހުށަހަޅާއިރު ކޮށާމަށަން ޖެހޭ ގޮތަށް ބިލް ހުށަހަޅަނީ ރައްޔިތުން ގުނބޯ ހައްދަން؟؟؟؟
Kalo mi liyumah kihaavareh mdp in dhin
ޙަހަހަ ހަހަހަހަހަ ހަހަހަހަހަޯހޯ
ޙަހހަހަހަހަަހަހަހަހަހަހަހަ
majilees majority ove 15 mas dhuvas vee iru resort boys ge mi varu kamehves nukohdhevumakee MDP ge failure eh. moonumathi reethi kuran molhu vaahaka nudhahkaa.. mdp akee bodunge jeebah gina kuraa party eh
vAanuva akee majilis majority nagaigen resort boys ah kameh koh nudhevun. propagenda nujessun edhen kesbe
Vareh vejjenun bayakah mdp ah vote dheven neiy vaahaka bunegen, adhives eulheny enmmen gunbo hahdhan
Dhn ithurakah mdp ah dheyne vote eh nehh…raiyhthun gunboa hahdhaane kameh nehhh … council dhineeema dhn kiyaanee knmes eiihen ehchekey..MDP ah dhen dheyne vote eh nehhh…
އެނގިހުރެ ސަރުކާރުން ގޯސް ބިލެއް ލާންވީ ސަބަބެއް ނުވިސްނުނު. ސަރުކާރު އޮތީ ވިޔަފާރިވެރިންނަށް ވިކިފަ.
މުޖޭ ކަލޭއަށް ކިހާވަރެއް ދީގެންތަ މިވަރަށް ހުސާމަތުކޮށްފަ މިއޮތީ؟
ހެޔޮދެން އެފާސްނުކުރިޔަސް.ފާސްކުރިޔަސް.ކޮންމެ ކަމެއްވެސް މިޖެހެނީ ރޮއެ ޢާދޭސްކުރަން.01 އަހަރު ނިމިގެންދިޔައީ ކޮންކަމެއްވީ.އައުލާދުންނަށް ކިރިޔާ ބަދަލު މިދެވެނީ.ފޫހިވެއްޖެ.ވެރިކަން ދީފީމު.މަޖިލިސް ފުލް މެޖޯރިޓީ ދީފީމު.މިހާރު އެކިޔަނީ ކައުންސިލޭ.ހަމަ އެދޭއިރަށް ބުނާނެ އަންހެނުންގެ ކޮމިޓީއޭ.
Dhelo fulha moyafulhuveetho? Thy minivan noosverikantho
Bileh husha alhaafa party in vaki gothakah vote laan buneema no choice. Vaa nuvaa ingen v kale ah
Goas bilakah furathama bahus kuran jeheytho
Haadha biru ganefiye dhw
Dheneh kiyaane kameh neiyy.. majilis memberun aa city council ge myhun aa emmenge misaara bodukoh. Dhah fantheege myhun ah v ma Corona virus ah biru ebothey bone musaara body nukoh. Dhen linen huri ethifuh kendyma ehves myhe beynun nuvaane mi sarukaaraka vote dheyka. Mi kantha mo kurany mi sarukaarugai
Heynethey baeh me nikamethi rahyithun ithirah nikamethi fageerikamsai bikahaalu jehu viyafaarithah fudihje adhi ehaavarun nuvegen income tax mi meehun annay tax nagantha mahujanun tax eh nudheyne nikamathi meehaage musaarakolhi hifahahtaa
¡!!!!!!??!! ¡?? ¿???
ޕީޕީއެމް ވޯޓު ދިނީމަތަ މިނިމަމް ވޭޖު މި ފާސް ވަނީ؟ ޕީޕީއެމް ސަބަބެއް ނެތަސް ވޯޓުލާން އޯކޭ؟ މި ކޮންވައްތަރު ވިސްނުން؟
Bro dhen hajam kollaa, mifaharu mdp ah vote kaan dheynee