ހދ. ކުރިނބީގައި ހުންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.
ރޭ ކުރިނބީ ޕީޕީއެމް ޖަގަހައަށް ދިން ކަޅުތެލުގެ މި ހަލަމާ ބޮޑަށް އަމާޒުކޮށްފައިވަނީ އެ ޖަގަހައިގައި ބޭނުންކުރާ ޓީވީއަށާއި، ކަރަންޓް ސާމާނަށެވެ.
މި ނޫހުގެ ނޫސްވެރިން ބެލި ބެލުމުން، އެ ޖަގަހައިގެ ޓީވީއަށް ވަރަށް ބޮޑަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެ ޖަގަހައިގައި ބޭނުންކުރާ ސްޕީކަރު ސިސްޓަމަށާއި، އެހެނިހެން ކަރަންޓް ސާމާނަށާއި ގޮނޑި މޭޒަށްވެސް ކޮންމެވެސް ވަރަކަށް ކަޅުތެލުގެ އަސަރު ކޮށްފައިވެއެވެ.

ކަޅުތެލުގެ ހަމަލާއެއް އަމާޒުވި ޕީޕީއެމްގެ މި ޖަގަހައަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްއިން ދާދި ފަހުން ތައްޔާރުކުރި ޖަގަހައެކެވެ. މި ޖަގަހަ ކުރިން ބޭނުންކުރީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ކުރިނބީގައި ފޯރިއާއެކު ކުރަމުންދާއިރު، މީގެ ކުރިން އިންތިހާބެއްގައި އެމްޑީޕީ ޖަގަހައަކަށް ގެއްލުން ދިނުމުގެ އިތުރުން ކެމްޕޭން ބެނާތަކަށް ގެއްލުންދިނުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅިފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވިފައި ނުވާއިރު، ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
3 Responses
ހަޖަމު ކުރަން ދަސް ކުރޭ ދެންމިފަހަރު ކެތް ކުރޭ.
މިއޮތީ ރަށްވެހި ފަތިސް.. އިރުގެ ދޯދީ ތަކުން ދުނިޔެ އަލިކޮއްލާއިރު އިދިކޮޅަށް ކަޅުތެޔޮގެ ތޫފާން.. ތީހަމަ އެމްޑީޕީ މީހުން އިސްވެ ކުރާ ކަންކަން.. ދެންމާ ފޭސްބްގައި ހަރުކަށި އިބާރާތުން ކުއްވެރިކުރިޔަސް ކަލޭމެން ނުކުރާ ކަމަކަށް ނުވާނެ…
މިއަދު ހެނދުނުވެސް ގައިމު މީހަކު ބުނި އެވާނީ ޕީޕީއެމް މީހުން ކޮށްފަ އެމްޑީޕީ މީހުންގެ ބޮލުގަ އެޅުވީ ކަމަށޭ. ބޯ ހަލާކު ސަހާދެއް