"ނައު ޔޫ ސީ މީ" ގެ 3 ވަނަ ބައިގެ މަސައްކަތް ފަށަނީ

2013 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ނައު ޔޫ ސީ މީ" ސީކުއަލްގެ ކާމިޔާބު 2 ފިލްމަށްފަހު، މި ފްރެންޗައިސްގެ 3 ވަނަ ފިލްމެއް ގެނެސްދޭނެ ކަމަށް މީގެ 5 ވަރަކަށް އަހަރު ކުރިން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް ފިލްމްގެ އެއްވެސް އަޕްޑޭޓެއް އަދި ޙަބަރެއްވެސް ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް، ހޮލީވުޑްގެ ޙަބަރަތައް ބުނާގޮތުގައި މި ފިލްމްގެ 3 ވަނަ ބައި ގެނެސްދިނުމުގެ މަސައްކަތް މިއަރު ވަނީ ފަށައިފައެވެ.

4 މެޖިޝިއަންސްގެ ވަރުގަދަ މެޖިކް ޓްރިކްސްތަކެއް ދައްކައިދޭ މި ފިލްމްގެ ތަރިންނަކީ، "ޖެސީ އެއިސެންބަރގް"، "ވުޑީ ހަރެލްސަން"، "މާރކް ރަފަލޯ"، އަދި "ލިޒީ ކަޕްލިން" ގެ އިތުރުން، "މޯރގަން ފްރޭމެން" އަދި "މައިކަލް ކެއިން" އެވެ.

ނައު ޔޫ ސީ މީ ގެ 3 ވަނަ ބައިންވެސް މި ތަރިންތައް ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނާއިރު، ޙަބަރު ލިބޭ ގޮތުގައި މިފަހަރުގެ ފިލްމަށް އިތުރު ދެ ތަރިން ގުޅޭނެއެވެ. ނައު ޔޫ ސީ މީ ގެ އެންމެ ފަހުގެ ބައިން "ޑެނިއަލް ރެޑްކްލިފް" ވެސް ފެނިގެންދިޔައެވެ.

މި ފިލްމްގެ ޕްރޮޑަކްޝަން ކުންފުނި "ލަޔަންސް ގޭޓް" އިން މިކަމާއި ގުޅޭގޮތުން އަދި އެއްވެސް އެއްޗެކޭ ބުނެފައިނުވާއިރު، ފިލްމް ރިލީޒްވާނެ ތާރީޙެއް ވެސް އަދި ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ