އޮންލައިންކޮށް ދިމާވި ލޯބިވެރިޔާ، ބައްދަލުވިއިރު 12 އަހަރުގެ ކުޑަ ކުއްޖެއް!

ސޯޝަލް މީޑީއާއިން އޮންލައިންކޮށް ދިމާވާ ނުދަންނަ މީހުންނާއި ވާހަކަ ދައްކާ ގުޅުން ބޭއްވުމަކީ މިހާރު އާ ކަމެއް ނޫނެވެ. އަދި މި ގޮތަށް މީހުންނަކީ ބައެއްފަހަރު ދޮގާއި މަކަރު ހަދާ އޮޅުވާލާބައެކެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ލަނޑު ލިބި، ހީ ނުކުރާފަދަ ކަންކަމާ ދިމާވެފައި ހުންނާނެކަންވެސް ގައިމެވެ.

ނައިޖީރިއާގެ އުމުރުން ދުވަސްވީ އަންހެނަކަށްވެސް މިފަހަރު މި ލިބުނީ އެކަހަލަ ލަނޑެކެވެ. ދާދިފަހަކުން މީޑިއާގައި ފެތުރިފައިވާ ޙަބަރުތައް ބުނާ ގޮތުން، ނައިޖީރިއާގެ އަންހެނަކު އޮންލައިންކޮށް ދިމާވި ފިރިހެންކާއި ވަރަށް ގިނަ ދުވަސްފަހުން ވާހަކަ ދެއްކުމަށްފަހު ދެމީހުންވަނީ ބައްދަލުކޮށްފައެވެ. އެހެންނަމެސް ބައްދަލުވިއިރު، އެއީ 12 އަހަރުގެ ކުޑަ ފިރިހެންކުއްޖެކަމަށްވެއެވެ.

މި ހާދިސާ ހިނގި ގޮތާމެދު ދެރެވަގެން މި އަންހެންމީހާ ވަނީ މި ވާހަކަ ޓްވީޓާ ގައި ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ، އޭނަ އުޅޭ ހިސާބުން ފަސް ގަޑި އިރުގެ ދަތުރެއް ކުރުމަށްފަހު، މިއޮތްހާ ދުވަހު އޮންލައިކޮށް ވާހަކަ ދެއްކި މީހާ އާ ބައްދަލުވިއިރު އެއީ 12 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ.

ޙަބަރުތައް ބުނާ ގޮތުން މި އަންހެންމީހާ އަކީ ވަރަށް އެކަނިވެރިއެކެވެ. އަދި ވަޓްސްއެޕް އިން ދިމާވި މި ފިރިހެން ކުއްޖާ އާ ވާހަކަ ދެއްކިއިރު، އެއީ ކުޑަ ކުއްޖެއްކަމެއް އޭނައަކަށް ނޭނގެއެވެ. އަދި ދެމީހުން އެކަކު އަނެކަކުގެ ފޯނު ނަންބަރުވެސް ދިންއިރު، ދެމީހުންވެސް ވާހަކަ ދެއްކީ ޓެކްސްޓް މެސެޖުންނެވެ. އަދި ފިރިހެންކުއްޖާ މެސެޖު ކުރިއިރު، ވާހަކަ ދައްކާފައިވަނީ، ބޮޑެތި މީހުންގެ ވާހަކަތައް ހުންނަ ގޮތުން ކަމަށްވުމުން، އޭނާ އަށްވެސް ހަޤީގަތް ނޭނގުނީކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިއީވެސް އެހެންމީހުންނަށް ލިބިގެންދާނެ ރަނގަޅު ފިލާވަޅެކެވެ. އޮންލައިންކޮށް ދިމާވާ ނުދަންނަ މީހުންނަަށް އިތުބާރު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ބައްދަލުކުރުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިގޮތަށް އޮންލައިންކޮށް ބައްދަލުވާ މީހުންނާ ދިމާވެ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ