ހދ. ކުޅުދުއްފުށީ އެއަރ ޕޯޓަށް ބޭނުންވާ ބައެއް މުވައްޒަފުން ހޯދުމަށް ރީޖަނަލް އެއަރޕޯޓްސް އިން އިޢުލާނުކޮށްފިއެވެ.
ރީޖަލަން އެއަރ ޕޯޓްސް އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެކައުންޓް އޮފޮސަރަކާއި، ޖީއެސް 3 ރޭންކްގެ ދެ އެސިސްޓެންޓް ފަޔަރ ފައިޓަރެއްގެ އިތުރުން އެމްއެސް 2 ރޭންކްގެ ސަބް އޮފިސަރެއް ހޯދުމަށް ކުޅުދުއްފުށީ އެއަރ ޕޯޓަށް ބޭނުންވާ ކަމަށެވެ.
މި މަޤާމްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެކަމަށް ވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށީ އެއަރ ޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީ ކުރި އެއަރ ޕޯޓެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެއަރ ޕޯތް ހުޅުވި ކަމުގައި ވީނަމަވެސް ބައެއް މަސައްކަތް ތައް އޭރު ހުރީ ނުނިމިއެވެ. އެ މަސައްކަތްތައް ނިންމައި ކުޅުދުއްފުށީ އެއަރ ޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ ފާއިތުވި އަހަރުއެވެ.



