ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް “ހުއާވޭ އޭ އެކެއް” ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މިފޯނަކީ 2019 ޑިސެމްބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނެއްކަމަށެވެ.
އެހެންކަމުން މި ފޯނުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފޯނާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.




