ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޢަނީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން)ން ބަލަން ފަށައިފިއެވެ.
ޖޭއެސްސީއިން ނެރުނު ނޫސްބަޔާނެއްގައި ވިދާލުވީ، 19 ފެބްރުއަރީ 2020 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާގެ 16/2020 ވަނަ ބައްދަލުވުމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޢަނީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށެވެ.
News Briefing pic.twitter.com/YdmtNRlIE7
— JSC Maldives (@MaldivesJSC) February 19, 2020
ނަމަވެސް ޖޭއެސްސީއިން ބަލަމުންދަނީ މެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޢަނީގެ ކޮންކަހަލަ ސުލޫކީ މައްސަލައެއްކަން ހާމަކޮށްފައެއްނުވެއެވެ.
މިފަހަކަށްއައިސް ޖޭއެސްސީއިން ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައިވެއެވެ. އަދި ބައެއް ފަނޑިޔާރުން މަޤާމުންވެސް ވަކިކޮށްފައިވެއެވެ.



